ހެލްތު މިނިސްޓްރީން ބުނީ އެ ލޯންޗުތައް ބޭނުންކުރާނީ، އެރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލް ގެންދިއުމަށާއި، އައުޓްރީޗް ޕްރޮގްރާމް ހިންގުމުގެ އިތުރުން އިމަޖެންސީ ހާލަތުގައި ފަރުވާދޭންޖެހޭ ބަލިމީހުން އުފުލުމަށް ކަމަށެވެ.
ވޯލްޑް ބޭންކް އާއި އޭޑީބީގެ އެހީގައި ކުރިއަށްގެންދާ ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަޑްނަސް މަޝްރޫއުގެ ދަށުން މި ލޯންޗުތައް ގެނައުމަށް 31 މިލިއަން ހަރަދުވެ އެވެ.
ލޯންޗުތައް ގެނައުމަށް އެއްބަސްވެފައިވަނީ ގަލްފްކްރާފްޓް މޯލްޑިވްސް އާއިއެކު އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.