ads
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ބަޖެޓު ކަނޑައެޅެމުން މިދަނީ އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް: ސަނީފް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓު ކަނޑައެޅިގެންދަނީ އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތްވާގޮތުގެ މަތީން ކަމަަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި އޮތް ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީ މެމްބަރުން ސަނީފް ވިދާޅުވީ، އެޕާޓީގެ މެނިފެސްޓޯގައި އޮތީ ”ރާއްޖެ ހިންގަންވާނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި“ ކަމަށެވެ.

”އޭގެ މާނައަކީ ދިވެހިރާއްޖޭގައި އާބާދީ ދިރިއުޅެމުން އަންނަ 188 ރަށަށް އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭންޖެހޭނެއޭ މެނިފެސްޓޯގައި ކަނޑައެޅިގެން ބަޔާންކޮށްފައި ލާޒިމްކޮށްފައި އެއިނީ. އޭގެ މާނައަކީ އަޅުގަނޑުމެން މި ބުރަ އުފުލަންޖެހޭނެއޭ،“ ސަނީފް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ އެ 188 ރަށް ތަރައްގީކުރުމަކީ ވެރިކަމުގެ މެނިފެސްޓޯއިން ލާޒިމުކުރާ ކަމަކަށްވުމުން،  މިދިޔަ ހުރިހާ ވެރިކަމެއްގައި ނުދީ އޮތް ހިދުމަތްތައް ދިނުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތައުރީފުކުރައްވާ ސަނީފް ވިދާޅުވީ، އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސަރުކާރުން ކުރަންޖެހުނު ކަމަކީ ރައްޔިތުން ނަޖިހުން ތާހިރުކޮށްދިނުމަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. މި ސަރުކާރުން ހިންގަމުން އަންނަ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ވެސް ސަނީފް ފާހަގަކުރެއްވީ ފެނާއި ނަރުދަމާގެ މަސައްކަތެވެ./

“”ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ނަރުދަމާގެ ހިދުމަތްދިނުމަކީ ސާފުތާހިރުކޮށް އުޅުމަށްޓަކައި ގައިން ތާހިރުކޮށްދިނުމަކީ މިއަދު ސަރުކާރުގެ މައްޗަށް ކޮންމެހެން ކޮށްދޭން ބޭނުންވާ ކަމެއް. އިބްރާހިމް މުހައްމަދު ސޯލިހް އެ ވައުދު މިދަނީ ރަނުން ރަނަށް ފުއްދަމުން، “ ސަނީފް ވިދާޅުވި އެވެ.

ދިވެހި ހުރިހާ ރައްޔިތުން ސާފުތާހިރު ރައްޔިތުންނަށް ރައީސް ސޯލިހް ހަދާދޭނެ ކަމަށާއި، ސަރުކާރުން ވެފައި އޮތް ވައުދަކީ އެެއީ ކަމަށް ސަނީފް ވިދާޅުވި އެވެ.

މީގެކުރީގެ ވެރިކަންތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައި ހުރިނަމަ އެމްޑީޕީ ޖަޒީރާ މެނިފެސްޓޯއިން އެކަންކަން ކުރަން ނުޖެހުނީސް ކަމަށާއި، އެހެން ނޫންނަމަ މިއަދު ކުރާނީ އުމްރާނީ ބޮޑެތި މަސައްކަތްތައް ކަމަށްވެސް ސަނީފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް