މިއަދުގެ މަޖިލީހުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ސައުދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފަ އެވެ.
ތަރައްގީގެ ވާހަކަދައްކައިގެން އިދިކޮޅު ފަރާތްތަކަށް ރައީސް ސޯލިހް ބަލިކޮށްލެވެން ނެތްކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ:
މާލޭގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ އަތޮޅުތެރޭގެ ރައްޔިތުންނާއިގެން މާލެ ތޮއްޖެހިފައިވުންކަމަށާއި، އެކަން ހައްލުކުރުމަށް އަތޮޅުތެރެ ތަރައްގީކުރުމުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެެރިކަމުގެ ހައްގު ކަށަވަރުކޮށްދެއްވަމުންދާ ހަމައެކަނި ލީޑަރަކީވެސް ރައީސް ސޯލިހް ކަމަށް ސައުދު ވިދާޅުވި އެވެ.
ބެޖެޓާއިމެދު ހިތްހަަމަޖެހޭކަން ފާހަގަކުރައްވާ މެމްބަރު ސައުދު ވިދާޅުވީ، މިއީ ވަރަށް އުންމީދީ ބަޖެޓެކޭ ބުނަން ނުކުރި ބައެއް މީހުން މަލާމަތްކުރިޔަސް ހަގީގަތަކީ އެއީ އުންމީދީ، ސިޔާސީ ވާދަވެރިން މާޔޫސް ކުރުވި ބަޖެޓެއް ކަމަށެވެ.
ދުނިޔޭގެ އިގްސޯދު ފުޑިގެންދާ މިދަނޑިވަޅުގައި ރާއްޖޭގެ އިގްސޯދު ފުޑުނަނުދީ، ރައްޔިތުންގެ އަސާސީ ހުރިހާ ބޭނުންތަކަކާއި ހިދުމަތްތަކެއް ރައީސް ސޯލިހް ފޯރުކޮށްދެމުންދާތީ ސިޔާސީ ވާދަވެރިން “”މުޅިން މާޔޫސްވެެއްޖެ “ ކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ، އެކުރިއެރުންތަކުގެ ނަތީޖާއަކީ ވެރިކަމުގައި އެމްޑީޕީ އޮތުންކަމަށާއި، ޕީޕީއެމްއިން ވެރިކަން ކުރާނަމަ މިގައުމުގެ ”ވާހަކަ ދައްކާނެކަމެއް ނެތް“ ކަމަށް ސައުދު ވިދާޅުވިއެވެ.