ads
މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީ——
މިދަރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު، ބަޖެޓަށް ވޯޓަށް އެހާނެ
މިއަހަރުގެ ސްޕްލަމެންޓްރީ ބަޖެޓު އަދި 2023 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.

އަންނަ ހޯމަ ދުވަހަކީ މިދައުރުގެ އެންމެ ފަހު ޖަލްސާ އޮންނަ ދުވަހެވެ. އެ ޖަލްސާގައި ބަޖެޓު ފާސްކުރުން އޮންނާނެކަން މިއަދުގެ މަޖިލީސް ނިންމާލަމުން ރިޔާސަތުން ވަނީ އަންގާފަ އެވެ.

ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ޖަލްސާއަށްފަހު މަޖިލީސް ޗުއްޓީއަށް ދާނެ އެވެ.

އިއްޔެއާއި މިއަދުގެ ޖަލްސާގައިވެސް ބަޖެޓް ރިޕޯޓަށް ބަހުސްކުރުން ކުރިއަަަށް ގެންގޮސްފައިވާއިރު، 65 މެމްބަރަކު މިއަދުގެ މަޖިލީހަށް ހާޒިރެއް ނުވެއެވެ. މަޖިލީހަށް ހާޒިރުވީ އެންމެ 22 މެމްބަރުން ނެވެ. ބަޖެޓަށް ބަހުސްކުރާނެ މެމްބަރުން ތަޅުމުގައި ނެތިގެން މަޖިލީހުގެ ފުރަތަމަ ދަންފަޅި މެދުކަނޑާލާފައި ވެެސް ވެއެވެ.

މިއަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން މިހާރު އޮތީ ފާސްކޮށްފައެވެ. ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ އިތުރުކޮށް ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓު ވެސް ވަނީ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ކޮމެޓީން އިތުރުކުރި އަދަދާއެކު ދައުލަތުގެ އަންނައަހަރުގެ ލަފާކުރާ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާއެވެ. 

އެއީ އޮފީސްތަކުގެ ބަޖެޓަށް އިތުރުކުރި 36.45 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ ބަޖެޓަށް އިތުރު ކުރި 124.4 މިލިއަން ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް