މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ހާޒިރީ އިއުލާން ކުރެއްވިއިރު ރައީސް ނަޝީދު ވިދާޅުވީ، މިއަދު މަޖިލީހަށް ހާޒިރުވެފައިވަނީ އެންމެ 22 މެމްބަރުން ކަމަށާއި، އޭގެތެރެއިން ބައެއް ބޭފުޅުންނަށް ހާޒިރުވެވުނީވެސް ގަޑިޖެހިގެން ކަމަށެވެ.
ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ ޖަލްސާގައި 65 މެމްބަރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަދުވެ އެވެ. މިއަދުވެސް 65 މެމްބަރުން މަޖިލީހަށް ހާޒިނުވެއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުން:
މިއަދު މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައިވެސް ރައީސް ނަޝީދު އެދިވަޑައިގަތީ މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަސްދުވަހު މަޖިލީހަށް މެމްބަރުން ވަޑައިގަތުމަށެވެ.
ކޮންމެ މެމްބަރަކަށް މުސާރަ ލިބޭގޮތް:
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ގާނޫނުތަކަށް އިސްލާހު ގެނެސް، ގަވާއިދުތަކާއި ގާނުނުތައް ފާސްކޮށް ރައްޔިތުންނާއި ގައުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމެވެ. މަޖިލީހުގެ މައްޗަށް އިސްކޮށްފައިވާ ޒިންމާބޮޑެވެ. ނަމަވެސް ދައުރު ނިމިގެންދާއިރު ޖަލްސާތަކަށް ހާޒިރުވަނީ މަދު މެމްބަރެކެވެ.
ޒިންމާ އަދާނުކުރައްވާ މުޅި އަހަރު ޗުއްޓީ ނަންގަވާގެން ރިސޯޓުތަކުގައި ތިއްބަވާ މެންބަރުންނަށް ވެސް ރައްޔިތުންގެ ޖީބުން ކާންދޭންޖެހޭކަމުގެ ކަންބޮޑުވުންތައް އޮތުމުން އެފަދަ މެމްބަރުން ވަކިކުރަން ވޯޓު ދިނުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް "ރިކޯލް ވޯޓު" ނެގުމާ ބެހޭ ގާނޫނެއް ގެންނަން ތާއީދު ހޯދުމުގެ މަސައްކަތް މީގެ ކުރިން ބަޔަކު ކޮށްފައި ވެެެއެވެ.
އެގޮތުން މެމްބަރަކު ނިސްބަތްވާ ދާއިރާއެއްގައި ވޯޓުލެވޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން ސޮއިކޮށް، އިލެކްޝަންސް ކޮޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ، އެ މެމްބަރަކު ވަކިކުރަން ފެނޭތޯ ބަލަން 45 ދުވަސް ތެރޭގައި އިންތިހާބެއް ބާއްވަން ޖެހުމާއި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު އެ މެމްބަރަކު ވަކިކުރަން ލިބިއްޖެ ނަމަ، އެ ހިސާބުން އެ މީހަކު މަގާމުން ވަކިވާގޮތަށް ޕެޓިޝަނެއް ތައްޔާރުކޮށް ވޯޓު ހޯދުމުގެ މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބެއް ނުވި އެވެ.
އޭގެފަހުން މަޖިލީހުގެ މެމްބަރުން ވަކިވަރެއްގައި ހިފަހައްޓައި މިހާރު ހުރިވަރުން އިތުރުވިޔަ ނުދިނުމަށް ހުށަހެޅުއްވި އިސްލާހުވެސް މިފަހުން މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.