ads
ފުލުހުން މާލޭގައި މީގެ ކުރިން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން
ބައެއް މައްސަލަތަކުގައި ދައުވާނުކޮށް ތިން މަސް ވަންދެން ދެން ބަންދުކުރެވޭނެ
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގަށް ބަންދު ކުރެވޭ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކުރުމުގެ ފުރުސަތު ލިބިދޭ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.

ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އަދި، ބަންދުގައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެ އެވެ.

ހަމަ އެއާއެކު މި އިސްލާހުން، ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސެކިއުޓާ ޖެނެރަލާ ދެމެދު ވެވޭ އިއުތިރާފުގެ އެއްބަސްވުމާގުޅޭ އުސޫލުތަކަށް ބަދަލު ގެނެސްފައިވެ އެވެ.

މި އިސްލާހުން، ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީއަތެއްގައި ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅިގެން ދާނެ އެވެ.

އެގޮތުން ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީއަތެއްގައި ހެކިބަސްދޭ މީހާއަކީ އޭނާ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދައުލަތަށް ގަބޫލުކުރެވޭނަމަ، ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެކަމަށް މި އިސްލާހުގައި ކަނޑައަޅައިފައިވެ އެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް