ads
ލައިފްޓައިމް އެވޯޑް އަރުވަނީ
ލައިފްޓައިމް އެޗީވްމެންްޓް އެވޯޑް، ސައްތާރު އަދި މަރްހޫމް ހާފިޒަށް
ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަބްދުއްސައްތާރު ހަސަން އާއި އަލްމަރްޙޫމް އަހްމަދު ހާފިޒަށް އަރުވައިފިއެވެ.
Advertisement

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލް ކުރެއްވި ދެ ބޭފުޅުންގެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 

ސައްތާރު ވަނީ ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް ކަމަށްވާ "އޭޝިއަން އެފްރިކަން އެންޑް ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭބަލް ޓެނިސް ޓޯނަމަންޓް" ގެ ޓީމުގެ ކެޕްޓަންކަން ކުރައްވާފައެވެ. ސައްތާރަކީ ޓެނިހާއި، ފުޓްބޯޅައާއި، ޓޭބަލް ޓެނިހާއި، ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. 

ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެން ލިބިވަޑައިގެންނެވި އަލް މަރްހޫމް އަހްމަދު ހާފިޒަކީ ދިވެހި ކުޅިވަރުގެ ލެޖެންޑެކެވެ. ހާފިޒު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ބާސްކެޓްބޯޅައިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް