ads
ގާޑިއޯލާ
ގާޑިއޯލާ ކޮންޓްރެކްޓް އިތުރު ކުރަނީ
މެންޗެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުގައި ހުރި ޕެޕް ގާޑިއޯލާ، އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އަލުން އާކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
Advertisement

ސިޓީއާއެކު ގާޑިއޯލާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮންޓްރެކްޓް ހަމަވުމުން، ކްލަބު ދޫކޮށްލަން ގާޑިއޯލާ ކުރިން ނިންމާފައިވީނަމަވެސް މިހާރު ބޮޑަށް ބެލެވެނީ ސިޓީގައި ގާޑިއޯލާ މަޑުކުރާނެ ކަމަށެވެ.

އިގިރޭސި ގައުމީ ޓީމުގެ ކޯޗު ކަމަށް ގާޑިއޯލާ ހަމަ ޖައްސާނެ ކަމަށް ކުރިން ބެލެވުނަސް، އެ މަގާމަށް މިހާރުވަނީ ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗޭލް ހަމަ ޖައްސާފައެވެ. ގާޑިއޯލާގެ ނިންމުން ބަދަލުވީ ސަބަބަކީ އެއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޑިއޯލާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަންގައި ޓްރެބަލް ހާސިލްކޮށްފައެވެ. އެއީ ސިޓީން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު، އިނގިރޭސި ޕްރިމިއާ ލީގު އަދި އިނގިރޭސި އެފްއޭ ކަޕްގެ ތަށި ކާމިޔާބުކޮށްގެނެވެ. ސިޓީ ފިޔަވާ ޕްރިމިއާ ލީގުގެ ކްލަބަކަށް މި ތިން ތަށި އެއް ސީޒަނެއްގައި ހޯދިފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް އެކަންޏެވެ.

މީގެ ކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކަށްވެސް އިރުޝާދު ދިން ގާޑިއޯލާ، ސިޓީ އާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް