ads
ކުޅިވަރު ވަޒީރު ރާފިއު
ގައުމީ ފެންވަރުގެ އެތްލީޓުންނަށް އިންޝުއަރެންސް ހަމަ ޖައްސަނީ
ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ.
Advertisement

ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރަން ސަރުކާރުން ނިންމައިފިކަން ހާމަ ކުރެއްވީ، ރޭ އޮތް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

ވަޒީރު ވިދާޅުވީ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފަށާ މިއިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ކުޅުންތެރިންނަށް މުބާރާތްތަކުގައި ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ މިއަހަރުގެ ގާއިމްކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ގައުމީ ފެންވަރުގެ އެތްލީޓުންނަށް އިންޝުއަރެންސް ސްކީމެއް ކުރިންވެސް އިއުލާން ކުރިއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން އަދިވެސް އޮތީ ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް