
އެކި ބާވަތްތަކުގެ އެކްޒީމާ އެކި ގޮތައް ވެސް ފެނިދާނެ،" ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޓިފަނީ ލިބީ، އެމް.ޑީ ވިދާޅުވި އެވެ. ހަށިގަނޑުގެ ފަށަލަތަކުގައި (ކަރާއި، އުނަގަނޑާއި، އެތެރޭގެ ކަކުލުގެ ކްރީޒްތަކާއި ފައިގެ ކަކުލުގައި ރިއްސުން ފަދަ) ރާޅު ބިހިތަކެއް ހުރުމަކީ އެކްޒީމާގައި އާންމު ކަމެކެވެ. މިނޫނަސް ހަމުގެ ކޮންމެ ތަނެއްގައިވެސް އެކްޒީމަ ޕެޗެއް ހުރެދާނެއެވެ. އަނދިރި ހަންގަނޑުގައި އެކްޒީމާ ފެންނަނީ ދަނބު, ޗޮކޮލެޓް، ނުވަތަ އަޅި ކުލައިގައެވެ.
ހަންގަނޑު އެންމެ ދުޅަހެޔޮކޮށް ބެހެއްޓޭނެ ގޮތުގެ ބައެއް ހަމުގެ ޑޮކްޓަރުންގެ ލަފާ ވެސް ހޯދުން މުހިންމެވެ.
ހަނގަޑަށް ސަމާލުވާނެގޮތް:
މި އިންފްލެމޭޓަރީ ހަމުގެ ހާލަތު ދިމާވަނީ ހަމުގެ ފަށަލަތައް ޑިސްފެންޝަން ވުމުންނެވެ. އަދި ހަނގަނޑު ތެތްކޮށް ބެހެއްޓުމަށް ހަމުގައި ހައިޑްރޭޓިން ލޯޝަނެއް އުނގުޅުން މުހިންމެވެ. މިގޮތައް ހަމުގައި ލޯޝަނެއް އުނގުޅާއިރު މީހުން ބޭނުންކުރަން ޖެހެނީ ނާޒުކު ހަމުގެ ބާވަތްތަކަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.
ފުރަތަމަ ފިޔަވަޅު: ހައިޑްރޭޓިން ކްލީންސާ
ޕީއެޗް ބެލެންސްޑް، ވަހެއް ނުދުވާ، އަދި ނާޒުކު ހަންގަނޑެއް ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހައިޑްރޭޓިން ކްލީންސަރެއް ބޭނުން ކުރާށެވެ.
އެމްޑީސީއެސް ޑަރމަޓޮލޮޖީގެ ބޯޑު ސެޓްފިކެޓް ލިބިފައިވާ ހަމުގެ ޑޮކްޓަރެއް ކަމަށްވާ އޭޑަމް ޓިންކްލްޕޯ، އެމް.ޑީ ވިދާޅުވާ ގޮތުގައި، “ބާރު ދަށް، އަލްކޮހޯލް ނޫން ކްލީންސަރސް އަކީ އާންމުކޮށް އެކްޒީމާ ޖެހޭ ހަންގަނޑުގައި ބޭނުން ކުރަން އެންމެ ރަނގަޅު އެއް. ހަންގަނޑު ހިއްކައި، ސިއްހަތަށް ފައިދާހުރި އަދި ގުދުރަތީ ތެޔޮ ނައްތާލާ ޕްރޮޑަކްޓްތަކުގެ ސަބަބުން އެކްޒީމާ އިތުރަށް ގޯސްވެދާނެ.” ރަލުގެ އިތުރުން ހަނގަނޑު އިތުރަށް ގޯސްވެދާނެ މާއްދާތަކުގެ ތެރޭގައި ވަސް، ކުލަ، ތަފާތު ބާވަތްތަކުގެ ތެޔޮ، އަދި އެކްސްފޯލިއަންޓްސް ހިމެނެ އެވެ.
ސިމްޕްލިފައިޑް ކްލީންސިން ބާމްސް، ކްރީމް ކްލީންސަރސް، އޮއިލް ކްލީންސަރސް، އަދި ހައިޑްރޭޓިންގ ޖެލް ކްލީންސަރސް އަކީ ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. ސާފުކުރާއިރު ހޫނު ފެން ބޭނުންކޮށް ސްކްރަބް ކޮށް ހަދާކަށް ނުވާނެއެވެ.
އެންމެ ރަނގަޅީ ކޮންމެ ހަވީރަކު، ނުވަތަ ކަސްރަތު ކުރުމަށްފަހު ނުވަތަ ފަތާލުމަށްފަހު މޫނު ދޮވުމެވެ. ހެނދުނު ވެސް ފެންވެރުމުގެ ބަދަލު ހިކި ނުވަތަ ނާޒުކު ހަންގަނޑު ހުންނަ ބައެއް މީހުންނަށް ހާއްސަ އެއްޗެއް ބޭނުންކޮށްގެ މޫނު ދޮވެލުމުން ފުދޭނެއެވެ.
ދެވަނަ ފިޔަވަޅު: ލޭޔާ މޮއިސްޗަރައިޒާ
މޮއިސްޗަރައިޒިން އަކީ އެކްޒީމާއަށް ހަންގަނޑަށް ފަރުވާ ދިނުމުގެ ކޮންމެ ރޫޓިންއެއްގެ ބިންގާ އެވެ. އެހެން ނަމަވެސް، އެކްޒީމާ ހުންނަ މީހުންނަށް މޮއިސްޗަރައިޒިން ރޫޓިންއެއް ގެންގުޅުމަކީ މުހިންމުކަމެކެވެ. އެކި ވައްތަރުގެ މޮއިސްޗަރައިޒާތައް ލޭޔާ ކުރުމަކީ ހަމަ އެކަން ކުރުމަށް ފަސޭހަ އަދި ފައިދާހުރި ގޮތެކެވެ.
ހިއުމެކްޓެންޓްސް: މިއީ ހަންގަނޑަށް އަނބުރާ ތެތްކަން އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާންމުކޮށް ހިއުމެކްޓެންޓްސް އަކީ ގްލިސެރިން، ލެކްޓިކް އެސިޑް، ޔޫރިއާ، އަދި ހަޔަލޫރޮނިކް އެސިޑް އެވެ.
އިމޮލިއެންޓްސް: މިއީ ތެޔޮ ފުރިހަމަކޮށްދޭ އެއްޗެހި ކަމަށާއި މަޑުކުރުމަށް ވެސް އެހީތެރިވެދޭ އެއްޗިއްސެވެ. އަދި ގްލިސެރިލް ސްޓިއަރޭޓް، ސޯޔާ ސްޓިރޯލްސް، ސްކުއަލޭން، އަދި ޖޯޖޯބާ ނުވަތަ ފޮނި އަލްމަންޑް ފަދަ ތެޔޮ ހިމެނެއެވެ.
އޮކްލޫސިވްސް: މި ބާވަތުގެ މޮއިސްޗަރައިޒަރަކީ ހަމުގެ މައްޗަށް “ސީލް” އެއް އުފައްދައިގެން ޓްރާންސްއެޕިޑާމަލް ހަނގަނޑުނެ ފެން ބޭރުވުން (ޓީއީޑަބްލިއުއެލް) އިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާންމުކޮށް އޮކްލޫސިވް ތަކަކީ ސެރަމައިޑްސް، ޕެޓްރޯލެޓަމް، ޑައިމެތިކޯން، ޝީ ބަޓަރ، އަދި މިނަރަލް އޮއިލް އެވެ.
އަނެއްކާވެސް ނާޒުކު ހަމުގެ ބާވަތްތަކަށް އެކަށީގެންވާ ނޮން އިރިޓޭޓިންގ މޮއިސްޗަރައިޒާސް ބޭނުންކުރާކަން ޔަގީން ކުރަންވާނެއެވެ. ދުވާލަކު ދެފަހަރަށްވުރެ މަދު ނޫން ފަހަރު، ނުވަތަ ސާފުކުރާ ކޮންމެ ފަހަރަކު މޮއިސްޗަރައުޒާ އުނގުޅާށެވެ.
ތިންވަނަ ފިޔަވަޅު: ސަންސްކްރީން
ދުވާލު ވަގުތު މޮއިސްޗަރައިޒާ އަށް ފަހު ސަންސްކްރީން އުނގުޅާށެވެ. އަވީގައި ގިނަވަގުތު އުޅުމަކީ ހަގީގަތުގައި އެކްޒީމާ ގޯސްވެދާނެ ކަމެއް ކަމުން މި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެކްޒީމާ ހުންނަ މީހުންނަށް ކެމިކަލް ސަންސްކްރީން ފޯމިއުލާތަކާ އަޅާބަލާއިރު މިނަރަލް ސަންސްކްރީންތަކަކީ ހަނަގޑު ހަލާކުވެން ދަށްކޮށްދޭނެ އެއްޗެކެވެ.
ހަންގަނޑު ލުއިކޮށް ވަރުގަދަ ކުރުމަށް އިތުރު ގޮތްތައް އަދި ހަންގަނޑު ހައިޑްރޭޓްވެ، ވަރުގަދަވެ، ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ވެސް ތިރީގައި މިވަނީ އެހީތެރިވެދޭނެ ކަންކަމެވެ.
ތެތް ހަންގަނޑަށް މޮއިސްޗަރައިޒާ އުނގުޅާށެވެ: "ހަންގަނޑު ހައިޑްރޭޓްކޮށް އެކްޒީމާ ރަނގަޅު ކުރުމަށްޓަކައި މޮއިސްޗަރައިޒާގެ ދަށުގައި ފެން ޖައްސާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ޑރ.ޓިންކްލްޕޯ ވިދާޅުވި އެވެ. ހަންގަނޑު ހިކިނަމަ ފެން ސްޕްލެޝް ނުވަތަ ސްޕްރޭކޮށްގެން ތެތްކޮށްލުމަށްފަހު މޮއިސްޗަރައިޒް ކުރާށެވެ.
ހޫނު ފެން ބޭނުންނުކުރުން: ހޫނު ފެނުން ހަންގަނޑުން ގުދުރަތީ ތެޔޮ ނައްތާލާއިރު، މިއީ ޖުމްލަ ތެތްކަން ދަށްކޮށް، އެކްޒީމާ އިތުރަށް ގޯސްކޮށްދޭ ކަމެކެވެ.
ހިއުމިޑިފަޔާ: ހިޔުމިޑިފަޔާ އިން ވައިގެ ތެރޭގައި ތެތްކަން އިތުރުކޮށްދޭއިރު، މިއީ ހާއްސަކޮށް ފިނި މަސްތަކުގައި ފައިދާހުރި އެއްޗެކެވެ.
ގިނައިން އަތް ތެތްކުރުން: ހަމުގެ ޑޮކްޓަރު ބްރެންޑަން ކެމްޕް، އެމް.ޑީ ވިދާޅުވަނީ، “އަތް ތެތްކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ވާތީ، އަތް ސެނިޓައިޒާ އިން ދޮވެފި ނަމަ ފިނި ފިނިހޫނުމިނާއި ވައި ފަދަ ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ސަބަބުން އެކްޒީމާ އުފެދިދާނެ އެވެ.”
އެލާޖިކްވާ މާއްދާތަކުން ދުރުހެލިވުން: ހަންގަނޑަށް ފަރުވާތެރިވާ ޕްރޮޑަކްޓްތައް ފަރުވާތެރިކަމާއެކު ހޮވުމާއެކު، އެލާޖިކްވާ މާއްދާތަކުން ދުރުވާށެވެ. މިސާލަކަށް ޑރ.ލިބީ ވިދާޅުވަނީ، “ލޮންޑްރީ ޑިޓާޖެންޓްތަކުގައި ހައިޕޯއެލަރޖެނިކް އަދި މީރުވަސް ނުދުވާ ‘ފްރީ އެންޑް ކްލިއަރ’ ލޭބަލްތައް ހޯދާށެވެ.”
އޭނާ އިތުރަށް ބުނީ ވެލްކްރޯ ކްލޯޒާ އާއި ހެދުން ޓެގް ޖެހުމަކީ ހަނގަނޑުގެ ކެހުން އިތުރުވެދާނެކަމެއް ކަމަށެވެ.