ads
ދައުލަތުގެ ވަކީލުން މިއަދު ހައިކޯޓުގައި
މާލޭ މީހުންނަށް ގޯތިދޭ މައްސަލަ ހައިކޯޓަކަށް ނުބެލޭނެ
ހުޅުމާލެއާ ގުޅީފަޅު ހިމެނޭ ގޮތުން މާލެ ސަރަހައްދުން މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު ބާތިލްކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އެންމެ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބަންޑާރަ ނާއިބުގެ ފަރާތުން ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު ފަރާތުން ދައުލަތުގެ ވަކީލުން، ހުޅުމާލެއާ ގުޅީފަޅު ހިމެނޭ ގޮތުން މާލެ ސަރަހައްދުން މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު ބާތިލްކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އެންމެ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވީ ހައިކޯޓުގައި މިއަދު ފެށުނު، ބިންވެރިޔާ ސްކީމާ ގުޅޭ ދުސްތޫރީ މައްސަލައިގައި ނެގި އިޖުރާއީ ނުކުތާއެއްގައެވެ.

ބަންޑާރަ ނާއިބުގެ ފަރާތުން ހައިކޯޓުގައި އިޖުރާއީ ނުކުތާއެއް ނެގައި ވިދާޅުވީ އެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ބޭރުކޮށްލުމަށެވެ. ދައުލަތުން ބުނިގޮތުގައި ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލު ކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ވާއިރު، ގޯތި ދޫކުރުމުގެ އުސޫލަކީ ގަވާއިދުގެ ބައެއް ނޫން ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމާ ބެހޭގޮތުން ހައުސިން މިނިސްޓްރީން އެކުލަވާލި އުސޫލުގައި މާލޭގެ ރައްޔިތުންގެ ކަމުގައި ބަލާނެ މިންގަނޑު ބާތިލު ކުރަން ހުށަހެޅުއްވީ ވަކީލު ހުސައިން ޝިހާދާއި ހަސަން ފަލާހެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް