އެ ހިދުމަތް ފޯރުކޮށްދެމުންދާ އެމްޓީސީސީން ބުނީ ހިދުމަތް މެދުކަނޑާލީ މިއަދު ހެނދުނު 05:45 އިން މިއަދުގެ މެންދުރު 13:00 އަށް އެމަގު ބަންދުކުރުމަށް ހަމަޖެހިފައިވާކަން ފުލުހުން އެންގުމުން ކަމަށެވެ.
ފުލުހުން އެމަގު ހުޅުވާލުމާއިއެކު ސޯސަން ރޫޓުގެ ބަހުގެ ހިދުމަތް އަލުން ފެށޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ސޯސަންމަގު ބަންދުކޮށްފައިވަނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ސަބަބު ސާފުކޮށްލުމަށްފަހު ޖަވާބު އަރުވާނެ ކަމަށެވެ.
އާންމު އުސޫލުން މިނީ ބަސްތައް ދަތުރުކުރާ ރޫޓުތަައް:
- އަމީނީ ރޫޓް
- އޯކިޑް ރޫޓް
- ސޯސަން ރޫޓް
އަމީނީ ރޫޓްގައި އަށް ސަރަހައްދަކަށް ބަސް މަޑުކުރާއިރު، ސޯސަން ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަހައްދަކަށް ބަސް މަޑުކުރެ އެވެ.
މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ދެއެވެ. އެއީ ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕްތަކަށް ބަސްތައް ދައުރުވާގޮތަށެވެ.
އެމްޓީސީސީގެ ބަހު ހިދުމަތް މި ވަގުތު މާލޭގެ އިތުރުން ދެމުން އަންނަނީ އައްޑޫ އާއި ފުވައްމުލަކާއި ލާމު އަތޮޅުގައެވެ.
މާލޭ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ރޫޓަކީ ސޯސަން ރޫޓެވެ.