ads
ރަންބީރާއި އާލިއާ ބަޓް
ދަރިފުޅު ބަލަން ބޭބީސިޓާއެއް ހޯދަން އާލިއާ ބަޓް ދެކޮޅު ހަދައިފި
ރަންބީރު ކަޕޫރާ އާލިއާ ބަޓް އަށް ދަރިއަކު ލިބުމުން އެކަމުގެ އުފަލުގައި ގިނަ ބަޔަކު ތިބި އިރު އާލިއާއި ރަންބީރު ގެންދަނީ އެމީހުންގެ ދަރިފުޅު ތަރަބިއްޔަތު ކުރުމާމެދު ގޮތްތަކެއް ކޮންމެ ދުވަހަކު ވެސް ނިންމަމުންނެވެ.

މިގޮތުން އާލިއާއާއި ރަންބީރު ބުނަނީ އެމީހުން ދަރިފުޅު ބަލަހައްޓާނީ އިތުރު މީހަކާ ހަވާލުނުކޮށް ދެމީހުން އަމިއްލައަށް ކަމަށެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫހަކުން ބުނެފައިވާގޮތުން، އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން އާއި ރަންބީރުގެ މަންމަ ނީތު ކަޕޫރު ވެސް އެމީހުންގެ މާމަ ދަފިފުޅުގެ ކަންކަން ކުރަން ބޭނުންވި ނަމަވެސް، އެ ފުރުސަތު އާލިއާއި ރަންބީރު ނުދެއެވެ.

ބޭބީސިޓާއެއް ހޯދައިދޭން އެމީހުންގެ އާއިލާއިން ހުށަހެޅުމުން ވެސް އެކަމާ އާލިއާ ބަޓް ދެކޮޅުހަދަފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.   

ނިދުމުން ވެސް ދެމަފިރިން ވަނީ ވަރަށް ބޮޑަށް މަހުރޫމް ވެފައެވެ. 

ރަންވީރު ބުނަނީ އެނާ ނުނިދާ ހުންނަން ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އާލިއާ ވެސް ބުނަނީ އޭނާއަށް ވެސް ނުނިދުނަސް އެންމެ ރަނގަޅުކަމަށެވެ. 

އެމީހުންގެ އަންހެން ދަރިފުޅަށް ކިޔާ ނަން ވަނީ ދާދިފަހުން އިއުލާނުކޮށްފައެވެ. އެގޮތުން އެކުއްޖާއަށް ކިޔަން ނިންމާފައިވަނީ ރަހާ  ކަޕޫރުއެވެ. 

ރަހާގެ ފޮޓޯއެއް އަދި މިހާތަނަށް އެމީހުން ހާމައެއް ނުކުރެއެވެ. ދަރިފުޅުގެ ނަންވެސް ހާމަކޮށްފައިވަނީ ބާސެލޯނާ ޖާޒީއެއްގައި އެނަންޖަހައި ފޭނުންނަށް ކުރި ޕޯސްޓަކުންނެވެ. 

މި ދެމީހުން އެކަކު އަނެކަކާ ހިތާވެގެން އުޅޭތާ ދެތިން އަހަރު ވެފައިވާއިރު، މި ދެމީހުން ކައިވެނި ކުރީ މިއަހަރުގެ ކުރީކޮޅު އެވެ.

އެމީހުން ބަލިވެ އިންކަން އިއުލާން ކުރަނީ މިއަހަރުގެ ޖޫން މަހު އެވެ. އެކަމުގެ ސަބަބުން އެންމެން ހައިރާންވިއެވެ. އަދި އޭގެ ފަހުން ވަގުތު ދިޔަގޮތެއް ވެސް ނޭންގެއެވެ. އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަކީ މިހާރު މައިންބަފައިންނާއި ހަޔާތުގެ އެންމެ ޝައުގުވެރި ބާބުގަ އެވެ. އާލިއާ ތުއްތު އަންހެން ކުއްޖަކަށް މަރުހަބާ ކިޔުމުގެ ކުރިން ބަތަލާ ވަނީ ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވެސް ދާދިފަހުން ވަނީ ވާހަކަ ދައްކާފައެވެ.

އާލިއާ ބުނެފައިވަނީ ދަރިފުޅު ވަކިކަމެއް ކުރުވަން އެއްވެސް ފޯރިއެއް ބާއްވަން ނުވަތަ އެއްވެސް މާޔޫސްކަމަކާ ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން، "އެޖާގަ ހުސްކޮށް" ބޭއްވުން ބުއްދިވެރިކަމަށެވެ. ދަރިފުޅު އެކްޓުކުރަން ވެސް މަޖުބޫރު ނުކުރަނެކަމަށް އޭނާ ބުނެއެވެ. 

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް