ads
ސީމާ ސަޖްދޭހް
ކަރަން ޖޯހަރުގެ ޕާޓީން ނުކުތްއިރު ސީމާ މަސްތުވެގެން ހުރިކަމަށް ބުނެ ފާޑުކިޔަނީ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަންޖޯހަރުގެ ބޭއްވި ޑިނާ ޕާޓީއަކުން އިންޑިއާގެ ފެޝަން ޑިޒައިނަރު ސިމާ ސަޖްދޭހް ނުކުތްއިރު އޭނާ ބަނގުރާ ބޮއެގެން މަސްތުވެފައި ހުރިކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ކަރަންޖޯހަރު ބޭއްވި ޕާޓީއަކީ ބޮލީވުޑުގެ މަޝްހޫރު މީހުންނަށް ރޭގަނޑުގެ ނާސްތާ ދިނުމުގެ މަގުސަދުގައި ބޭއްވި ޕާޓީއެކެވެ. 

އެ ޕާޓީ އޮތީވެސް އޭނާގެ އަމިއްލަ ރެސްޓޯރަންޓުގައެވެ. ރެސްޓޯރަންޓުން ބޮލީވުޑުގެ ތަރިން ނުކުތް އިރު ވެސް ޕަޕަރަޒީ ނޫސްވެރިން ތިބީ ފޮޓޯނަގަން ތައްޔާރަށެވެ. 

އެގޮތުން ސީމާ ނުކުމެ ފޮޓޯނަގާތީ ހުއްޓިލިއިރު ދެކޮޅަށް ކިރޭތަން ވެސް ޕަޕަރާޒީން ވަނީ ފޮޓޯ އަދި ވީޑިއޯ ނަގާފައެވެ.

your imageސީމާ ސާޖިދު ކަރަން ޖޯހަރުގެ ޕާޓީން ނުކުންނަނީ

އެޕާޓީން ސީމާ ނުކުތްއިރު އޭނާ މަސްތުވެގެން ހުރިކަމަށް ބުނެ ބައެއް މީހުން ބުނަނީ "ބޮއެގެން ގެއަށް ދަނީތޯ؟" ސުވާލުކޮށްފައެވެ. 

އަނެއްބަޔަކު ބުނަނީ "ރަހުމަތްތެރިންނާ އެކު މަޖާކުރުމުގެ ފުރުސަތު އަންހެނުންނަށް ވެސް އޮންނަން ވާނެ،" ކަމަށެވެ. 

your imageސީމާ އާއި އޭނާގެ ކުރީގެ ފިރިމީހާ ސޮހައިލް އަދި ދެ ދަރިން

ސީމާ އަކީ ސަލްމާން ހާންގެ ބޭބެ ސޮހަލިހް ހާން ގެ ކުރީގެ އަނބިމީހާއެވެ. އެމީހުންގެ ކައިވެނި ރޫޅުނުއިރު ދެ ފިރިހެން ދަރިން ތިއްބެވެ. ނަމަވެސް ދެމީހުން ގެންދަނީ ދަރިން ބެލުމުގެ މަސްއޫލިއްޔަތު ބާހާލައިގެން އަދާކުރަމުންނެވެ. އެމީހުންގެ ދަރިންނަކީ ނިރުވާން ހާން އަދި ޔޯހާން ހާން އެވެ. 

44%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް