ads
އޭދަފުށީ ކައުންސިލާއެކު ރައީސް
އޭދަފުށީގައި ފުރަތަމަ ފަހަރަށް މިއަދު ޑައިލިސިސް ހަދަނީ
އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މިއަދު ފުރަތަމަ ފަހަރަށް ޑައިލިސިސް ހަދަން ފަށާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން އޭދަފުށީގައި ޑައިލިސިސް ހަދަންވަނީ ތައްޔާރުވެފައެވެ. އަދި ފުރަތަމަ ޕޭޝަންޓް ޑައިލިސިސް ހަދާނީ މިއަދު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބ. އަތޮޅުގައި ޑައިލިސިސް ހަދާ ވިއްސަކަށް މީހުން ތިބި އިރު ގިނަ މީހުން ޑައިލިސިސް ހަދަނީ ޖެހިގެން އޮތް ރ. އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންނެވެ.

އޭދަފުށީގައި މިއަދު ފުރަތަމަ ފަހަރަށް ޑައިލިސިސް ހަދަން ފަށާއިރު އެ ރަށުގައި ދުވާލަކު ހަ ޕޭޝަންޓުންނަށް އަދި އެއްފަހަރާ ތިން މީހުންނަށް ޑައިލިސިސް ހެދޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން އަންނައިރު، ޅ. އަތޮޅުގައިވެސް ކައިރި މުސްތަގުބަލެއްގައި ޑައިލިސިސް ހެދުމަށްވަނީ ތައްޔާވުވެފައެވެ. އެހެން ބައެއް ހިސާބުތަކުގައި މިހާރުވެސް ޑައިލިސިސް ހެދެއެވެ. މިހާރު ޑައިލިސިސް ހެދޭ ސަރަހައްދުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީ، އުނގޫފާރު، ލ. ގަން، ގދ ތިނަދޫ އަދި އައްޑޫއާ ފުވައްމުލައް ހިމެނެއެވެ. މީގެ ކުރިން މުޅިންވެސް އެ ހިދުމަތް ހޯދަން ޖެހެނީ މާލެ އަންނާށެވެ.

އޭދަފުށީގައި މިއަދު ފުރަތަމަ ފަހަރަށް ޑައިލިސިސް ހަދަން ފަށާއިރު، ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަމާލު ކަމަށް، ރައީސް އޭދަފުށީ ކައުންސިލާއެކު މި ފަހުން ބޭއްވި ބައްދަލުވުމެއްގައިވަނީ ގެނެސްފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް