
އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައިވަނީ، ހިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ހިދުމަތުން ބުންޏެވެ.
ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކިން ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފަށާފައެވެ.
ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.