ads
ޅ. އަތޮޅުގެ ފެރީ ދަތުރެއްގެ ތެރެއިން——
އާރުޓީއެލް ފެރީގައި ޅ. އަތޮޅުގައި ހިލޭ ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފި
ޅ. އަތޮޅުގައި އަޖުމަ ބެލުމުގެ ގޮތުން މި މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ދަތުރުތައް ހިލޭކޮށް ދޭ މުއްދަތު އިތުރުކޮށްފި އެވެ.

ހިލޭ ދަތުރު ކުރެވޭ މުއްދަތު އިތުރުކުރިކަން އިންފްރާސްޓްރަކްޗަ މިނިސްޓްރީންން ހާމަ ކުރި ނަމަވެސް މުއްދަތު އިތުރުކޮށްފައިވަނީ ކިހާ ދުވަހަކަށް ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް ކުރިން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަގު ނަގައިގެން ދަތުރުތައް ކުރުމަށެވެ. 

ފެރީގެ މި ދަތުރުތަކަށް ނެގުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާ އާއި 125 ރުފިޔާ އާ ދެމެދުގެ އަގެކެވެ. ތިން ރޫޓާކަށް ބަހާލައިގެން ޅ. އަތޮޅުަގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް "އަހުލުވެރި ކަމުގެ ދަތުރުތައް" ކުރަމުންދާއިރު، ދަތުރުތަކަށް ފީއެއް ނެގުމަށް ހަމަޖެހިފައިނުވާ ކަމަށް މީގެ ކުރިން ވަނީ އެ މިނިސްޓްރީން ހާމަކޮށްފައެވެ. 

އާރުޓީއެލް އާ ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށް، ދަތުރުތަކުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އިންފްރާސްޓްރަކްޗަ މިނިސްޓްރީން ވަނީ ޅ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާ ގުޅުން ހުރި އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން ވެސް ވަނީ އާރުޓީއެލްގެ ފެރީގެ ޚިދުމަތްތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ޅ. އަތޮޅުގެ ރަށްތަކުަގައި ކުރިޔަށް ގެންގޮސްފައެވެ. 

މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފެށި އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިދުމަތް ދޭން ފަށާފައިވަނީ ހއ.،ހދ. އަދި ށ. އަތޮޅުގައެވެ. އެތިން އަތޮޅާ އެކު ދެ ވަނަ ފިޔަވަހީގައި މިހިދުމަތް ދޭން ފެށި ފުރަތަމަ އަތޮޅަކަށް ޅ. އަތޮޅު މިވަނީ ވެފައެވެ. އެހެންކަމުން މިއީ އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާ ހަތަރު ވަނަ އަތޮޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް