ads
ސައިފް އަލީހާން އަދީޕޫރުޝް ގެ މަންޒަރެއްގައި
ފާޑުކިޔުން ބޮޑުވެ، ސައިފްގެ ފިލްމު ނެރުން ފަސްކުރަންޖެހިއްޖެ
ސައިފް އަލީ ހާންގެ އެންމެ ފަހު ފިލްމު "އަދީޕޫރުޝް" ފިލްމު ނެރުން ފަސްކުރަން ޖެހިއްޖެއެވެ.

މިފިލްމު ބޮއިކޮޓު ކުރަން ގޮވާ މީހުން ގެންދަނީ ބޮލީވުޑް ވެސް ބޮއިކޮޓް ކުރަން ގޮވަމުންނެވެ. 

ބޮލީވުޑް ބޮއިކޮޓްކުރަން ގޮވަނީ ފޭކް ބައެއް ކަމަށް ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން މިއަދު ވަނީ ބުނެފައެވެ. 

ސައިފް މިހެން ބުނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު، "އަދީޕޫރުޝް" ފިލްމަށް ބައެއް މީހުން ފާޑުކިޔައި ބޮލީވުޑް ބޮއިކޮޓްކުރަން ގޮވަމުން ދާ ދަނޑިވަޅެއްގައެވެ.

މި ފިލްމަކީ މިހާތަނަށް ބޮލީވުޑަށް ނުކުންނަ އެންމެ އަގު ބޮޑު އަދި އެންމެ އުންމީދީ ފިލްމެވެ. ނަމަވެސް ފިލްމުގެ ޓީޒާ ނުކުތުމާއެކު މީހުންގެ ފާޑުކިއުންތައް އަމާޒުވިއެވެ. 

މި ފިލްމުގެ އަގަކީ ފަލް ބިލިއަން އިންޑިއާ ރުޕީޒް ނުވަތަ 942 މިލިއަން ދިވެހި ރުފިޔާއެވެ. 

ފިލްމުގައި ގްރެފިކްސް ކޮލެޓީ ދަށްވުމާއި، ކެރެކްޓާ ތައް ހަމަނުޖެހޭ ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ. 

މި ފިލްމުގެ ޑައިރެކްޓަރު އޯމް ރައުތް އަށް ވެސް ވަނީ ފާޑުކިއުންތަކާ ކުރިމަތިލާން ޖެހިފައެވެ. ފިލްމު ކުރިން ތިއޭޓަރުގައި އަޅުވަން އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު ފިލްމު އަޅުވާނެކަމަށް ބުނާ ތާރީހަކީ 2023 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހެވެ. 

ސައިފް އެންމެ ފަހުން ކުޅުނު ފިލްމު "ވިކްރަމް ވެދާ" ވެސް ވަނީ ފްލޮޕް ވެފައެވެ. އެ ފިލްމަކީ ޓެމިލް ފިލްމެއްގެ ރީ މޭކް އެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް