ads
ރައީސް މަޖިލީހުގައި، ފަހަތުގައި މަޖިލީހުގެ ރައީސް
އަންނަ އަހަރުގެ ބަޖެޓަށް ވޯޓަށް އަހައި މަޖިލީހުގެ ދައުރު މިއަދު ނިންމާލަނީ
މިއަހަރުގެ ސްޕްލަމެންޓްރީ ބަޖެޓު އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓު ފާސްކުރަން ވޯޓު ނެގުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ މިއަދު އޮންނާނެއެވެ. މިއަދަށް ފަހު މަޖިލީސް ދާނީ ޗުއްޓީއަށެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުން މިހާރު އާއްމުކޮށްފައިވާއިރު، މިއަދުގެ ޖަލްސާގެ އެންމެ މުހިއްމު އައިޓަމަކަށް އޮންނާނީ އަންނަ އަހަރުގެ ބަޖެޓަށް ވޯޓަށް އެހުމެވެ.

މިދިޔަ ހަފްތާގެ ނިޔަލަށް ބަޖެޓުގެ ބަހުސް މަޖިލީހުގައި ނިންމާލާފައިވާއިރު މިއަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން މިހާރު އޮތީ ފާސްކޮށްފައެވެ. ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ އިތުރުކޮށް ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓު ވެސް ވަނީ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ކޮމެޓީން އިތުރުކުރި އަދަދާއެކު ދައުލަތުގެ އަންނައަހަރުގެ ލަފާކުރާ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާއެވެ. އެއީ އޮފީސްތަކުގެ ބަޖެޓަށް އިތުރުކުރި 36.45 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ ބަޖެޓަށް އިތުރު ކުރި 124.4 މިލިއަން ރުފިޔާއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ އެހެންކަންކަމުގެ ތެރޭގައި ބައެއް ކޮމިޓީތަކުން ފޮނުވި ރިޕޯޓްތައް ހުށަހެޅުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް