ads
ދުވާފަރު ކައުންސިލްގެ އިދާރާ
ބޮޑު ހިޔާނާތާއި ގުޅިގެން ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކޮށްފި
ރ. ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުން ލޯކަލް ގަވަމަންޓް އޮތޯރިޓީން ސަސްޕެންޑު ކޮށްފި އެވެ.

އެ ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރުމަށް ނިންމީ، އިއްޔެ އެލްޖީއޭއިން ބޭއްވި ޖަލްސާގަ އެވެ. އެ މެމްބަރުން ސަސްޕެންޑު ކޮށްފައިވާކަން އެލްޖީއޭއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެ ކައުންސިލްގެ މެމްބަރުން ސަސްޕެންޑު ކޮށްފައިވަނީ، ކައުންސިލްގެ މެމްބަރުންނާއި، ބައެއް މުވައްޒަފުން ހިމެނޭ ގޮތަށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެންނެވެ. 

ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކޮށްފައި ވާއިރު، އެ ކައުންސިލް ވަގުތީ ގޮތުން ހިންގެވުން ހަވާލު ކޮށްފައިވަނީ، ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހާ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ، ކައުންސިލްގެ ހަ މެމްބަރުން ސަސްޕެންޑު ކުރުމަށް ނިންމީ، މުސާރަ ނުލިބޭ ގޮތަށް ކަމަށާއި، އެގޮތުން ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ގެ އިތުރުން އެއް މެމްބަރަކު ތިން މަސް ދުވަހަށް ސަސްޕެންޑު ކޮށްފައި ވާއިރު، ކައުންސިލްގެ އިތުރު މެމްބަރަކު ދެ މަސް ދުވަހަށް އަދި ދެ މެމްބަރަކު އެއް މަސް ދުވަހަށް ސަސްޕެންޑު ކޮށްފައި ވާކަމަށެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ކައުންސިލް ވަގުތީ ގޮތުން ހިންގެވުން ކައުންސިލްގެ އެސްޖީއާއި ހަވާލު ކުރީ، ގާނޫނުގައި އެގޮތަށް އޮތުމުން ކަމަށެވެ. ނަމަވެސް ނާސިހަކީ ވެސް ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެއް ކަމުން އެބޭފުޅާއާއި ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަން އަދި ފިނޭންސް މިނިިސްޓްރީއަށްވެސް ފޮނުވުމަށް އިއްޔެ ބޭއްވި ޖަލްސާއިން ނިންމާފައި ވާކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

ދުވާފަރު ކައުންސިލުން ކުރިއަށް ގެންދާ ކަންކަމާއި ގުޅޭ ގޮތުން އެލްޖީއޭއިން ވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ތަފްސީލީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ކައުންސިލްގެ މެމްބަރުންގެ އެކައުންޓަށް ލިޔެކިޔުންތައް ނެތި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަން ވަނީ ފާހަގަ ކޮށްފަ އެވެ.  

މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އެރަށަށް ލިބުނު 318،600 ރުފިޔާ ވެސް އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފައި ވާކަން އެލްޖީއޭގެ ރިޕޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މުދަލު ޒަކާތް ލިބެންވާ ފަރާތްތަކަށް އެފައިސާ ލިބުނު ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ފިތުރު ޒަކާތުގެ ގޮތުގައި ބަހަން ބޭނުންވާ 45،000 ރުފިޔާ ދީފައިވަނީ، ، ކައުންސިލް މެމްބަރު ޒުހާދު އާދަމް އަށް ކަމަށާއި، އޭނާ އާއި ހަވާލު ކުރި ނަގުދު ފައިސާ އޭގެ ހައްގުވެރިންނަށް ލިބިފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް