ads
ރައީސް ނަޝީދު
މަޖިލިސް މެންބަރަކަށް ޓެރަރިޒަމްގެ ތުހުމަތު ކުރާނަމަ ހެކި ހުންނަންޖެހޭނެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ޓެރަރިޒަމްގެ ތުހުމަތު ކުރާނަމަ އެކަށީގެންވާ ހެކި ހުންނަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ މަތިވެރިދާއިރާގެ މެންބަރަކީ ސީރިއާއަށް ހަނގުރާމަވެރިން ފޮނުވާ ޓެރަރިސްޓެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވުމާއި ގުޅިގެން އޭނާގެ ވާހަކަ ހުއްޓުވައި ދެއްވި ނަސޭހަތެއްގައެވެ.

މަތިވެރި ދާއިރާގެ މެންވަރުކަން މިވަގުތު ކުރައްވަނީ ހަސަން ޒަރީރެވެ. 

your imageމަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ---

މަތިވެރި ދާއިރާގެ މެންބަރަކީ "ޓެރަރިސްޓެއް" ކަމަށް ވިދަޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ޖާބިރު އިތުރަށް ނުދެއްވައެވެ.

މިއަދު މަޖިލީހުގައި ޖުޑީޝަރީ ކޮމެޓީން ގާނޫނީ ފަންނުގެ ބިލަށް އިސްލާހު ގެނައުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގައި "އެންމެ ބޮޑު ހަރަދެއްކުރާ ކޮމްޕޯނަންޓަކީ ޖުޑީޝަރީ" ކަމަށެވެ. ނަމަވެސް ޖުޑީޝަރީން "އެކަށީގެންވާ ނަތީޖާ" ނުނެރެވޭކަމަށެވެ. 

ޖާބިރު ވިދާޅުވީ އޭނާ މަތިވެރީގައި ހަދާފައިވާ "ހާޒާމިއާ" ގެސްޓުހައުސް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ކޯޓެއްގައި އެނާގެ އެއްވެސް މައްސަލައެއް އެ ގެސްޓު ހައުސްއާއި ގުޅިގެން ނޯންނާނެ ކަމަށެވެ. 

your imageރައީސް ނަޝީދާއި އަބްދުﷲ ޖާބިރު

މަޖިލީހަށް ހުށަހަޅާފައިވާ 2023 ވަނައަހަރުގެ ބަޖެޓަށް ތާއީދު ކުރައްވާނެކަމަށް އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ބަޖެޓަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑު ވިދާޅުވަމުނެންވެ. 

މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓަށް ޖާބިރު ތާއީދެއް ނުކުރެއެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް އޭނާ ތާއީދު ކުރަން ނިންމި ސަބަބު ވަނީ ސާފުކޮށްދީފައެވެ. 

ޖާބިރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކާށިދޫ އަދި ގާފަރުގެ ބިން ހިއްކުމަށާއި، ކާށިދޫގެ މަގުތައް ހެދުމަށް ޕްލޭންކޮށްފައިވާކަމަށެވެ. އެހެންކަމުން ބަޖެޓަށް "ވޯޓުނުދީ ވާނެ އެއްގޮތެއް" ވެސް ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ ބޮޑު ބަޖެޓެއް އޮވެގެން ނޫނީ އިގްތިސާދީ ހަރަކާތްތައް ނުހިގާނެ ކަމަށެވެ. އަދި ބަޖެޓަށް ކިތަންމެ ވަރަކަށް ބަހުސް ކުރިއަށް އެ ބަޖެޓަށް އިތުރު އަދަދުތަކެއް އިތުރުވާނެކަމަށް ނުބެލެވޭކަމަށެވެ. 

"ރާއްޖޭގެ ތުރާކުރުން ފެށިގެން އައްޑުއާ ހަމައަށް ޕްރޮޖެކްޓުތައް މިހުރީ އޮންކޮށްފަ. އެހެންވެ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ބަޖެޓުން އެއްޗެއް އުނިކޮށްފިކަމަށް ވަންޏާ ކޮންމެވެސް އެއް ބޭފުޅެއްގެ ލަގޮޑިއަށް ވާންކުރާނޭ. ބަޖެޓުގެ ވާހަކަ ދައްކަންވާނީ ހިސާބު އެނގިގެން. ސިޔާސީކޮށްގެން މިވާހަކަ ދައްކާނެކަމެއް ނެތް،" ބަޖެޓު ރިޕޯޓު ތަޅުމަށް ހުށަހެޅުނު ދުވަހު ޖާބިރު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް