ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ފޮނުވި ރިޕޯޓާއި އެއްގޮތައް އޭނާ ސަފީރު ކަމަށް އައްޔަނު ކޮށްފައިވަނީ 62 މެމްބަރުންގެ އިއްތިފާގުންނެވެ.
އަލީ ފާއިޒް އަކީ ޕޮލިސް ބޯޑުގެ ރައީސް ކަމުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޯކޯލް ގެ މަގާމާއި, މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން ލަންކާ ސަފީރު ކަމުގައި ހުންނެވީ އުމަރު އަބްދުއްރައްޒާގެވެ. އޭނާ ވަނީ ބެލްޖިއަމްގެ ސަފީރު ކަމާއި, ޔޫރަޕިއަން ޔޫނިއަން ގެ ސަފީރު ކަމަށް ބަދަލު ކުރައްވާފައެވެ.