ads
ގޮޅާ
ސޫޓްކޭސްތަކެެއްގައި ގޮޅާތަކެއް ބޭރުކުރަން އުޅެނިކޮށް ހައްޔަރުކޮށްފި
ސޫޓް ކޭސްތަކެއްގައި އޮޅުވާލައިގެން ޖަޕާނުން ގޮޅާތަކެއް ބޭރު ކުރަން އުޅެނިކޮށް ބަޔަކު އަތުލައިގެންފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ޖަޕާންގެ އަމާމީ އައިލޭންޑުންނެވެ. 

ހައްޔަރުކުރި އެންމެންނަކީވެސް ޒުވާނުންނެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

މީމީހުން އޮޅުވާލައިގެން ގޮޅާ ބޭރުކުރަން އުޅުނުކަން ފަޅާ އެރީ އެ މީހުން ތިބި ހޮޓަލަށް ސޫޓް ކޭސްތައް ގެންދިޔަ އިރު އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ހޮޓަލުން އެމީހުންގެ ފޮށިތައް ފާސްކުރުމުންނެވެ. މީމީހުންގެ ފޮށިތަކުން ފެނުނު ގޮޅާތަކުގެ އަގު 20،000 ޔެން އަށް އަރާކަމަށް ހަބަރުތައް ބުނެއެވެ.

މި މައްސަލަ ބަލަމުން އަންނަ ފުލުހުން ބުނީ މީ މީހުން އަތުން ފެނުނު ތަކެއްޗަކީ ޕެޓްގެ ގޮތުގައި ބޭނުންކުރި ތަކެތިތޯ، ވިއްކަން ގެންދަން އުޅުނު ތަކެތޯ ނުވަތަ ކާން ވެގެން ގެންދަން އުޅުނު ތަކެތިކަމެއް އަދި ތަހުގީގަކަށް ނޭގޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް