ads
ކަސެމީރޯ
ކަސެމީރޯގެ ލަނޑުން ބްރެޒިލް ދެވަނަ ބުރަށް
މެޗުގެ ފަހުކޮޅު ކަސެމީރޯ ޖެހި ހަމައެކަނި ލަނޑާއެކު ސްވިޓްޒަލަންޑް ބަލިކޮށް ބްރެޒިލުން ވޯލްޑްކަޕުގެ ދެވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.

ބައިކޮޅަށް ލަނޑެއް ނުވަދެ، ކުޅުނު ދެ މެޗުންވެސް މޮޅުވެގެން ބްރެޒިލް ދެވަނަ ބުރުން ޖާގަ ހޯދިއިރު ގްރޫޕުގައި އެ ޓީމުން ކުޅެން ޖެހޭ އެއް މެޗު އަދި އެބައޮތެވެ. ބްރެޒިލުން ދެވަނަ ބުރުގެ ފުރުސަތު މި ހޯދީ ކުޅެން ޖެހޭ އެއް މެޗު އޮތުމުގެ އިތުރުން އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ނޭމާވެސް ނުލައެވެ. އަނިޔާގެ ސަބަބުން ނޭމާއަށް މި މެޗުވެސް ކުރިއަށް އޮތް މެޗުވެސް ކުޅެވޭނެ ކަމާމެދު ޝައްކެވެ. 

ބްރެޒިލްގެ އިތުރުން މިހާތަނަށް ދެވަނަ ބުރު ޔަގީންކޮށްފައިވާ ހަމަ އެކަނި ޓީމަކީ ފްރާންސެވެ. ފްރާންސްވެސްވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް