ads
އެމެރިކާއިން ތިން މިލިއަން ޑޮލަރުގެ އެހީއެއް
އެމެރިކާއިން ތިން މިލިއަން ޑޮލަރުގެ އެހީއެއް
ހިންގުމުގެ ނިޒާމު ހަރުދަނާކުރަން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ތިން މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެއެވެ.

ހިންގުމުގެ ނިޒާމު ހަރުދަނާކުރަން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ތިން މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީ.އޯ.އޭ.ޖީ) އަށް ގެނައި 9 ވަނަ އިސްލާހުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓަކީ 12 މާޗް 2019 ގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މިހާތަނަށް މި އެއްބަސްވުމަށް 8 އިސްލާހެއް ގެނެސްފައިވާއިރު، މި އެއްބަސްވުމުގެ ތެރެއިން އެމެރިކާއިން މިހާތަނަށް ފޯރުކޮށްދިން އެހީ 25.94 މިލިއަން ޑޮލަރަށް އަރައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް