
ރުއް ކަނޑަށް އެއްސި ވަލުން ޖެހި އަނިޔާވީ އެރަށު އުމުރުން 38 އަހަރުގެ އަނީދު ސައީދުއަށެވެ.
މި ހާދިސާ ހިނގުމުން އޭނާ ވަނީ ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އެތަނުން ބެލިބެލުމުން، މޭމަތީގެ ބައެއް ކަށިތައް ބިނދިފައިވާތީ އިތުރު ފަރުވާއަށް މިހާރު އޭނާ މާލެ ގެނެސްފައިވާކަމަށް ފިޔޯރީން ވާހަކަ ދެއްކި މީހަކު ބުނެއެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ރުއް ކެނޑެޑުމުގެ މަސައްކަތް ކުރަމުންދިޔައީ ގްރޫޕެއް ހަދައިގެންކަމަށެވެ. ވާ ކަނޑައިގެން އައި އިރު، އެންމެން ވެސް ވަލުން ދޫކޮށްލިނަމަވެސް އަނީދަށް އެކަން ނޭގުނީކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.
ރުކުގައި އައްސާފައި ހުރީ ވަރަށް ފަލަ ވަލެއްކަމަށާއި ވާ ކަނޑަައިގެން ވަރަށް ބާރަށް ގޮސް ޖެހުނީ އަނީދުގެ މޭމަތީގައިކަމަށް އެމީހާ ބުނިއެވެ. އަދި ވަލުން ޖެހުމުން އަނީދު ވަގުތުން ހޭނެތިގެން ވެއްޓުނު ކަމަށާއި ނޭވާ ވެސް ލެވުނީ އިރުގަނޑެއް ފަހުން ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުނެއެވެ.