ads
ބެލެންސިއާގާ
ކުޑަކުދިންގެ "ޕޯން" ޕްރޮމޯޓް ކުރާތީ ބެލެންސިއާގާ ބްރޭންޑް ހޫނުފެނަށް
ފްރާންސްގެ ފެޝަން ބްރޭންޑެއް ކަމަށްވާ ބެލެންސިއާގާ ބްރޭންޑުން ނެރުނު އިޝްތިހާރެއްގައި ކުޑަކުދިންގެ "ޕޯން" ނުވަތަ ބަރަހަނާ މަންޒަރުތައް ޕްރޮމޯޓްކުރާ ކަރާތީ އެ ބްރޭންޑަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެއްޖެއެވެ.

ބްރޭންޑުގައި ހެދި އިޝްތިހާރެއްގައި ކުޑަކުދިންގެ "ޕޯން" ޕްރޮމޯޓް ކުރާގޮތައް އިޝްތިހާރު ނެގި ޓީމު ވެސް ވަނީ ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓިފައެވެ. 

މައްސަލަ ބޮޑުވެފައިވަނީ އެ ބްރޭންޑުން ނެރުނު އިޝްތިހާރެއްގައި ކުޑަކުދިން އުޅެފައި އެ ކުދިންގެ ފަހަތުން ފެންނަ ޕޯސްޓަރެއްގައި "ވާޗުއަލް ޗައިޑް ޕޯން" ލިޔެފައި އޮތުމުންނެވެ. 

your imageބެލެންސިއާގާ ހޫނުފެނަށް ވެއްޓުނު އިޝްތިހާރުގެ މަންޒަރުތަކެއް

ބެލެންސިއާގާ ބްރޭންޑުން ވަނީ އެންމެފަހުން މައާފަށް ވެސް އެދިފައެވެ. އަދި ހަޑިމުޑުދާރު އަމަލު ހިންގި މީހުންނާމެދު ގާނޫނީ ފިޔަވަޅު ވެސް އަޅާނެކަމަށް ބުނެފައެވެ. ވީޑިއޯ ހެދި މީހުން އަތުން 25 މިލިއަން ޑޮލަރު ހޯދަން ކޯޓަށް ދާނެކަމަށް ވެސް އެ ބްރޭންޑުން ބުނެއެވެ. 

your imageކިމް ކާޑޭޝިއަން

މި ބްރޭންޑާއި ގާތް ގުޅުމެއް އޮންނަ ފެޝަން އައިކަން ކިމް ކާޑޭޝިއަން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ "ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތައް ކުރާ އެއްވެސް ކަމަކަށް" އޭނާގެ ތަރުހީބެއް ނޯންނާނެ ކަމަށެވެ. އަދި ހަތަރު ކުޑަކުދިންގެ މަންމައެއްގެ ހައިސިއްޔަތުން ކަންބޮޑުވާކަމެއް ކަމަށެވެ.  

ބެލެންސިއާގާ އަކީ ފްރާންސްގެ ބްރޭންޑެކެވެ. މި ބްރޭންޑުން ފައިވާނާއި އަތް ދަބަސް ފަދަ ތަކެތި އުފައްދައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް