ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
119 ކިލޯ ޑްރަގް މައްސަލަ: މުޖާހިދު ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފި
މިދިޔަ އަހަރު މާލެއިން އަތުލައިގެން 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އާ ގުޅިގެން ފުލުހުން ހައްޔަރު ކުރި، ގދ. ހޯނޑެއްދޫ, އަލޯރާ އަހުމަދު މުޖާހިދު، ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ޝަރީއަތް ނިމެންދެން މުޖާހިދު ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ. އެހެން ނަމަވެސް މިމަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އޭނާ ބަންދުން ވަނީ ދޫކޮށްލާފަ އެވެ. 

އޭނާ ބަންދުން ދޫކޮށްލީ، އޭނާގެ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލަ ލަސްވާކަމަށް ބުނެ އެވެ. އެ މައްސަލައައިގައި ހިމެނޭ އިތުރު ދެ މީހަކު ދޫކޮށްލި ކަމަށް ވެސް ބައެއް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން ވަނީ، މި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުން އަދި ވެސް ތިބީ ބަންދުގައި ކަން ކަށަވަރު ކޮށްދީފަ އެވެ. 

މިދިޔަ މަހުގެ 23 ވަނަ ދުވަހު މުޖާހިދު ކޯޓުން ދޫކޮށްލީ، ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރު ވުމަށާއި، ހެއްކަށް ނުފޫޒު ނުފޯރުވުމަށާއި، ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމުގެ އިތުރުން ދައުލަތުގެ ހެކިންނާ މުއާމަލާތް ނުކުރަން ޝަރުތު ކޮށެވެ. 

މިކަމާއި ގުޅިގެން ޕީޖީގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާކަމަށެވެ. 

މުޖާހިދު އަކީ، އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ހޯނޑެއްދޫ, އަލޯރާ އަރުޝަދު ހާލިދުގެ ބޭބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް