ads
އިހަވަންދޫ އައިސް ޕްލާންޓް ސަރަހައްދު
"އެމޯނިޔަމް ގޭސް ލީކުވީ ހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން"
ހއ. އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކުވީ، ގޭސް ހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

ރޭ އެރަށުގައި ހުރި އައިސްޕްލާންޓުން ގޭސް ލީކުވާން ފެށުމުގެ ސަބަބުން ރަށުގެ ބޮޑު ސަރަހެއްދެއް ބަންދުކޮށް ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ. މި ހާދިސާގެ ސަބަބުން އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުން ދިޔަ ފަރާތަކަށް ފަރުވާވެސް ދޭން ޖެހުނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހުމަދު ރިލްވާން މިއަދު ވިދާޅުވީ، އެ އައިސް ޕްލާންޓުން ގޭސް ލީކުވީ، ހޮޅި ލައިން ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށާއި، މިއަދު ހެނދުނު 07:00 ހާއިރު، ގޭސް ލީކުވުން ހުއްޓުވާފައި ވާކަމަށެވެ. 

"ގޭސް ލީކުވުން ހުއްޓުނީ މިއަދު ހެނދުނު ހަތެއް ޖަހާކައް ހާއިރު. ހޮޅި ލައިން އެއްކޮށް ފަޅައިގެން ދިއުމުގެ ސަބަބުން ގޭސް ލީކުވީ. އެހެންވެސް ގޭސް ލީކުވުން ހުއްޓުވަން ޖެހުނީ، ހުރިހާ ގޭހެއް ހުސް ކުރަން. ހުރިހާ ގޭސްތަކެއް ފެންގަނޑަކަށް ހުސްކުރީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިލްވާން ވިދާޅުވީ، އައިސް ޕްލާންޓު އަލުން ހުޅުވޭނީ، ހޮޅި ލައިން އެއްކޮށް ބަދަލު ކޮށްގެން ކަމަށާއި، އައިސް ޕްލާންޓު ހުޅުވޭނެ ތާރީހު ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް ހޮޅި ލައިން ބަދަލު ކުރަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ރިލްވާން ވިދާޅުވީ، ގޭސް ލީކުވުމުގެ ސަބަބުން ހާލު ދެރަވި މީހާގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގސަި އައިސް ޕްލާންޓުން ގޭސް ލީކުވުމުގެ ހާދިސާތައް ކުރީންވެސް ހިނގާފައިވެ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް