ads
ރައީސް ޔާމީން
ޔާމީން މައްސަލައިގެ ފަހު އަޑު އެހުން މިއަދު
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.

ޝަރީއަތުގައި މިހާރު ހިގަމުންދާ މި މައްސަލައިގައި އެންމެ ފަހުން އޮތް އަޑު އެހުމުގައި އޮތީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ މަރުހަލާ މިހާރުވަނީ ނިމިފައެވެ. ދައުލަތާއި ޔާމީންގެ ފަރާތުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ގިނަ އަޑުއެހުންތަކެއް މިދިޔަ ދުވަސްތަކުގައިވަނީ ބާއްވާފައެވެ. މި މައްސަލައިގައި މިއަދު އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް، އެންމެ ފަހުން އޮތް ޝަރީއަތުގައި ގާޒީވަނީ އިއުލާން ކުރައްވާފައެވެ.

އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، ރިޝްވަތު ދިނުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރެ އެވެ. ހުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މިއަދަށް ތާވަލުކޮށްފައިވާ އަޑު އެހުން އޮންނާނީ މިއަދު ހެނދުނު 9.30 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް