ads
އުނގޫފާރު ހޮސްޕިޓަލް
އުނގޫފާރު ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިމިއްޖެ
އުނގޫފާރު ޓާޝަރީ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ނިންމައި ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ.

އުނގޫފާރު ހޮސްޕިޓަލާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން ބުނީ މި އިމާރާތުގެ ތިރީބައިގައި 10 އެނދުގެ އެމަޖެންސީ ޔުނިޓެއް، ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުގައި އަލްޓްރާ ސައުންޑް ސްކޭން ކުރަން ދެ ކޮޓަރި، އެކްސްރޭ ނެގުމަށް ހާއްސަ ދެ ކޮޓަރި، ސީޓި ސްކޭނު ކޮޓަރިއެއްގެ އިތުރުން އެމްއާރްއައި ކޮޓަރިއެއް ހުންނާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަށީގެ ސާޖަރީ ތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރަކާއި އެހެނިހެން ހާއްސަ ތިއޭޓަރެއް ހުންނާނެ އެވެ.

މި ޕްރޮޖެކްޓްގެ ތެރޭގައި ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް އެ ތަނުގެ ޓެރަސްގައި ވަނީ މި ޕްރޮޖެކްޓްގައި ހިމަނައިގެން 310 ކިލޯވޮޓްގެ ސޯލާޕެނަލް ވެސް ހަރުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް