ads
އަލިފާން ނިއްވުމުގައި ފަޔާމަނުން ހަރަކާތްތެރިވަނީ
މާލޭ ކުރީގެ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ބޮޑުތަކުރުފާނުމަގު، ކުޅިވަރު އެކުވެނި ކައިރީގައި ހުންނަ މާލޭ ކުރީގެ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ކުނިކޮށީގައި އަލިފާން ރޯވީ، އެތަނުގައި ޓިނުން ހަދާފައި ހުރި ގެގަނޑެއްގަ އެވެ. 

އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވާން މެދުވެރިވީ ދެ ޓިނުގަނޑުގެ މެދުގައި ފިނިކުރަން ލައްވާފައި ހުރި ސްޕޮންޖްތަކެއްގައި އަލިފާން ރޯވެގެން ކަމަށެވެ. އަލިފާން މިހާރު ވަނީ ނިއްވާލާފަ އެވެ. 

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއަށް ލިބުނީ މިއަދު މެންދުރު 12:11 ހާއިރު އެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެފްއާރުއެސްގެ ފަޔަމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ވެއެވެ. އެފްއާރުއެސްގެ ފަޔަމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް