ads
ދިވެހި އެތްލީޓުން ގައުމީ ހެދުމުގައި
ދިވެހި އެތްލީޓުން ގައުމީ ހެދުމުގައި؛ ވަރަށް ނަލަ
ޕެރިސް އޮލިމްޕިކްސް ފެށުމުގެ ކުލަ ގަސް ރަސްމިއްޔާތުގައި ދިވެހި އެތްލީޓުން ގައުމީ ހެދުމުގައި ބައިވެރިވެއްޖެއެވެ.
Advertisement

އޮލިމްޕިކްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންގެ ތެރެއިން އަންހެން އެތްލީޓުން ތިބީ ރަތް ކުލައިގެ ދިވެހި ލިބާހާއި ކަޅު ކަނޑިކި އަނދެގެންނެވެ. ފިރިހެން އެތްލީޓުން ކަޅު ފޭލީގައި ހުދު އަތްދިގު ގަމީހުގައެވެ.

ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ. މިއީ، 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރަން ފެށި ފަހުން، އެންމެ ގިނަ ކުޅިވަރު ހިމެނޭ ގޮތަށް ރާއްޖޭން އޮލިމްޕިކްސްގައި ފެންނާނެ ފަހަރެވެ. 

އޮލިމްޕިކްސްގައި ބައިވެރިވާ ދިވެހި އެތްލީޓުން

ފާތިމަތު ނަބާހާ- ބެޑްމިންޓަން

އިބާދުﷲ- އެތްލެޓިކްސް

މުހައްމަދު އާން ހުސައިން- ސްވިމިން

ޢާއިޝަތު އުލްޔާ ޝާއިގް – ސްވިމިން

ފާތިމަތު ދީމާ – ޓޭބަލް ޓެނިސް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް