ads
މަސްމާރުކޭޓް ސަރަހައްދުގައި މަސް ދޯނިތައް އަޅާފައި
މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެވޭ އަދަދު އިތުރުކޮށްފި
މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެވޭ އަދަދު އިތުރުކޮށް، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

އެގަވާއިދުގައި ކުރިން އޮންނަ ގޮތުން މަސްވެރިކަން ކުރާ އުޅަދެއްްގައި މަސައްކަތް ކުރެވޭނީ ގިނަވެގެން ދެ ބިދޭސީން ނަށެވެ. އެއީ ކެެއްކުމާއި ސެކިއުރިޓީ ބެލެހެއްޓުން ފަަދަ ކަންކަމުގައެވެ.  

ކޮންމެ އުޅަނދެއްގައި ގިނަވެގެން އަށް ބިދޭސީން ގެންގުޅެވޭގޮތަށް މި ގަވާއިދު އިސްލާހުކޮށް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ގަވާއިދަށް ގެނައި އިސްލާހު

  • 15 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ގިނަވެގެން 4 ބިދޭސީން
  • 15 މީޓަރާއި 24 މީޓަރާއި ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން 6 ބިދޭސީން
  • 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން 8 ބިދޭސީން

ގަވާއިދަށް ގެނައި އަނެއް އިސްލާހުގައި ވާގޮތުން މަސްވެރިކަން ކުރާ އުޅަނދެއްގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބިދޭސީން ގެންގުޅެންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ކޯޓާ ހޯދައިގެން ނެވެ. އަދި ބިދޭސީންނަށް މުސާރަ ދިނުމުގައި އަމަލުކުރަންވާނީ ވަޒީފާގެ ގާނޫނުގެ ދަށުން ނެވެ.

ބިދޭސީންއަށް ލައިސެންސް ދޫކުރާ ފީ

  • ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ
    މަސްވެރިކަންކުރާ
    އުޅަނދުފަހަރުގައި މަސައްކަތްކުރާ ބިދޭސީންގެ ލައިސެންސް ފީ:500 އާއި 1500 އާއި ދެމެދު 
  • ހަމައެކަނި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ
    އުޅަނދުފަހަރުގައި މަސައްކަތްކުރާ ބިދޭސީންގެ ލައިސެންސް ފީ: 500 އާއި 1500 އާއި ދެމެދު
  • ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ބިދޭސީންގެ ލައިސެންސް ފީ: 500-1800 ދެމެދު
  • އެކްސްޕޯޓުކުރާ ފަރާތްތަކަށް
    ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ބިދޭސީންގެ ލައިސެންސް ފީ: 250-500 އާއި ދެމެދު
  • ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް
    ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ބިދޭސީންގެ ލައިސެންސް ފީ: 250-500 އާއި ދެމެދު
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް