ads
ޕީޖީ ޝަމީމް
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް ޖަލު އަދަބު ކަނޑައަޅަނީ
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް ޖަލު އަދަބު ނުވަތަ އެޔަށްވުރެ ބޮޑު އަދަބެއް ކަނޑައަޅައިދިނުމަށް އެދި އެމީހުންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހުން ފަށައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 30 ވަނަ މާއްދާގައި, ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެއޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިއަދު ”ސީއެންއެމް“ އަށް ވިދާޅުވީ، އެފަދަ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އާއި ގުޅިގެން ހޯދައި އެމައުލޫމާތު ހުށަހެޅުމުގެ މަސައްކަތް މި ނޮވެމްބަރުން ފެށިގެން ކުރަމުންދާ ކަމަށެވެ.

”ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މި އޮފީހުން މިދަނީ ކުރަމުން، ފުދޭވަރަކަށް ގިނަ އަދަދެއްގެ މީހުން އެބަތިބި ޖޫރިމަނާ ފައިސާ ނުދައްކާ “ ޝަފީއު ވިދާޅުވި  އެވެ.

މިހާތަނަށް ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެމީހުންގެ އަދަދު ތަފާސް ހިސާބުތައް އެއްކޮށް ނިމުމުން ހާމަކުރާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އެފަދަ ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ، އެއީ އަދަބު ކަނޑައެޅޭނެ ކަމެއްކަން ގިނަ ފަރާތްތަަކަށް ނޭނގޭ ކަމަށެވެ.  

ޕީޖީ އޮފީހުން އެމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުން އެފަދަ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް އެ ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް