 
                                                                                                
                    ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، މިއަދު ވަނީ އެޓަނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފަ އެވެ.
މި ކަރުދާހުގެ ދެވަނަ ބައިގައި ހިމަނާފައިވާ އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަަށް ހުޅުވާލި ސުވާލު ކަރުދާހުގެ ނަތީޖާ ދައްކާގޮތުން، ގިނަ ރައްޔިތުން އެދެނީ ޖޭއެސްސީ ސިޔާސީ މީހުންގެ ނުފޫޒުން ސަލާމަތްކުރުމަށް ސިޔާސީ މީހުން ނުހިމެނުމަށެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމަނަން ފެނޭތޯ؟
ޖޭއެސްސީގައި ސިވިލްސާވިސްގެ ރައީސް ހިމަނަން ފެނޭތޯ؟
ޖޭއެސްސީގައި ބަންޑާރަނައިބު ހިމަނަން ފެނޭތޯ؟
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ސުވާލު ކަރުދާހުގެ ނަތީޖާއިން ދައްކާގޮތުގައި ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް 91.3 އިންސައްތަ މީހުން ބޭނުންވެއެވެ. އިސްލާހުކުރަން ބޭނުން ނުވަނީ އެންމެ އަށް އިންސައްތަ މީހުން ނެވެ.
އަދި ޖޭއެސްސީ އިސްލާހުކުރެވިގެންދާއިރު، މަޖިލީހުގެ މެމްބަރެއް ޖޭއެސްސީގައި ހިމަނަންވެސް ރައްޔިތުން ބޭނުމެއްނުވެއެވެ.
ޖޭއެސްސީގައި ތިބުމަށް ރަައްޔިތުން ބޭނުންވަނީ:
ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، އެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ، އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދެވެ. އެގޮތުން، ޝަރުއީ ދާއިރާގެ އިސްލާހީ މަސައްކަތްތައް 2019 ވަނަ އަހަރު ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ނެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ އިސްލާހީ މަސައްކަތުގެ ފަހު މަރުހަލާގައި ކުރިއަށްގެންދެވޭ މަސައްކަތެކެވެ.
މިއަދު އާންމުކުރި ކަރުދާހަކީ އެމަސައްކަތުގެ ދަށުން ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި، ކަމާގުޅޭގޮތުން ޖޭއެސްސީގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާގުޅޭ ބިލުތައް އެކުލަވާލުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި، އާންމުންގެ ހިޔާލާއި، ކަމުގެ މާހިރުންގެ ލަފަޔާއި، އަދި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކަރުދާހެކެވެ.