ads
ރައީސް ނަޝީދު އާސްކް ސްޕީކާ އެޕްސިޑޯގައި މިއަދު
ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައިކަން ކުރުމަކީ ވައުދު ފުއްދުމެއް ނޫން
އެޔެއް މިޔެއް ބަލާނުލައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި ކަންކަން ކުރައްވަމުން ގެންދިޔުމަކީ ވަުދު ފުއްދުމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އާސްކް ސްޕީކާ ސިލްސިލާގައި މިއަދު އެވެ.

'އާސްކް ސްޕީކާ' ޕްރޮގްރާމްގެ ހަ ވަނަ އެޕިސޯޑުގައި އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުތައް ފުއްދަވަން މަސައްކަތް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރައްވަނީ ބާރުތައް ޖަމާކުރެއްވުމަށް ކަމަށެވެ. 

"އަޅުގަނޑަކަށް ނުފެނޭ ވައުދުތައް ފުދިފައިވާ ކަަމަކަށް، ވައުދުތަކަކީ މި ދެންނެވިހެން އެޔެއް މިޔެއް ބަލާނުލައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި ކަންކަން ކުރައްވަމުން ދިއުމެއް ނޫން، މި މެނިފެސްޓޯގައި އަޅުގަނޑުމެން ވެފައި އެބަހުރި ވަރަށް ހާއްސަ ކަންކަމެއް، ވަކި އިރެއްގައި ވަކި ގޮތަކަށް ކުރާނެ ކަންތައްތަކެއް،"

މި ޕްރޮގްރާމްގައި ދައުލަތުގެ ހިންގުމުގައި ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ 2019ގެ ފަހުން އެމަނިކުފާނާ ގުޅިގެން މަސައްކަތް ނުކުރައްވާ ކަމަށެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް