ads
ޕޯސްޓު މެދުވެރިކޮށް މީގެ ކުރިން ގެނެސްފައިވާ މަސްތުވާތަކެތި
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތި އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް ނެދަލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މި ޕާރްސަލް ކަސްޓަމްސް ބަލައި ފާސްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ކަސްޓަމްސް އިން ބުނިގޮތުން އެ ޕާރުސަލުން ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވެެއެވެ. 

އެތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަދި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވެއެވެ. މިތަކެތީގެ ބަރުދަނުގައި 1.34 ކިލޯހުރިއިރު އެތަކެތީގެ މަގުމަތީ އަގު ދެމިލިއަން ސާޅީސް ނުވަހާސް ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިތަކެތި ކަސްޓަމްސްއިން މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ. ކަސްޓަމްސް އިން ވަނީ މިދިޔަ ނޮވްމެބަރުތެރޭ ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު އާ ބާވަތެއްގެ މަސްތުވާތަކެއްޗެއްވެސް އަތުލައިގަންފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް