މި ކޭމްޕުގައި ހިތާނު ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާރޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދު ކަމުގައި ކޭއާރުއެޗުން ހާމަކޮށްފައިވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ މިހާރު މި ހިތާނީ ކޭމްޕުގައި ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ހިތާނީ ކޭމްޕުގައި ރަޖިސްޓާ ވުމަށް ހަވީރު 18:00 އާއި ހެނދުނު 06:00 އާއި ދެމެދު ކޭއާރުއެޗުގެ ނަންބަރު 6528864 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް، އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތުގައި ވެއެވެ.
މި ހިތާނީ ކޭމްޕުގައި ރަޖިސްޓާވުން ކުރިޔަށްދާނީ 2022 ޑިސެންބަރު 15 ގެ ނިޔަލަށެވެ.