ads
ރައީސް ނަޝީދު - ފޮޓޯ: ނަސްރުﷲ އަލީ
ކެމްޕެއިން ފައްޓަވަން ރައީސް ނަޝީދު ތިނަދޫ އަށް ވަޑައިގެންފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދޫ އަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު ތިނަދޫ އަށް މިއަދު ހަވީރުގެ ވަގުތެއްގައި ވަޑައިގެންފައި ވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ. 

ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ޕްރައިމަރީގެ ވާދަކުރައްވާނެކަން ރައީސް ނަޝީދު އިއުލާން ކުރެއްވި އިރު، އެމަނިކުފާނު ޕްރައިމެރީގައި ވާދަ ނުކުރައްވާނެ ކަމަށް މީގެ ކުރިން ބައެއް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. 

އެމަނިކުފާނުގެ ކެމްޕޭން ފައްޓަވާފައިވާ އިރު، ފަހަކަށްއައިސް އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ދެމެދު އޮތް ގުޅުން ވަނީ ކޮންމެވެސް ވަރަަކަށް ހީނަރު ވެފަ އެވެ. 

މިއަހަރުގެ ޖުލައި މަސްތެރޭ ކްލަބްހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވެސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. 

އެހެން ނަމަވެސް ރިޔާސީ އިންތިހާބެއް ބޭއްވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫންކަމަށް ބުނާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ނަޝީދު އެދުވަހު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލެއް ގެނެސް ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭގެފަހުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބޭއްވި އެމްޑީޕީ ކޮންގްރެސްގައި އެ ނިޒާމުގެ ގަރާރަށް ތާއީދު ނުލިބި ނަޝީދު ވަނީ އެ ގަރާރު ކޮންގްރެސްއިން އަބުރާ ގެންދަވާފަ އެެވެ. އަދި އޭރު ވިދާޅުވީ، އެކަމަށް ބަހުސްނުކޮށް ބާއްވާލަން ވިސްނަވާކަަމަށާއި، 2023 ކާމިޔާބު ކުރުމަށް ޕާޓީއާއިއެކު ނިކުންނަވާނެ ކަމަށެވެ. 

އަދި އަންނަ ރިޔާސީ އިންތިހާބުގައި މުޅި އެމްޑީޕީ ގުޅިގެން 2023 ކާމިޔާބުކޮށް، ޒަމާންތަކެއްވަންދެން ރާއްޖޭގެ ވެރިކަމުގެ ދެމިތިބޭވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު އޭރު ވިދާޅުވެފައި ވެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް