ads
ރިޔާޒް
ވެރިކަމާއި މަޖިލީހުން ވެސް ބޭނުން ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން: އެމްޕީ ރިޔާޒް
ވެރިކަމުގެ އަދި މަޖިލިހުގެ ބާރު އޮންނަ ފަރާތްތަކުން ބޭނުން ވަނީ ސިޔާސީ ނުފޫޒު ފަނޑިޔާރުންނަށް އޮންނަގޮތައް އިންތިޒާމުވެފައި އޮތުން ކަމަށް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅު ވެއްޖެއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ބަންޑާރަ ނާއިބު ކުރައްވަމުން އަންނަ ދިރާސާތަކާ ގުޅިގެން ޖޭއެސްސީގެ ކޮމްޕޮޒިޝަނާ މެދު އާއްމުންނާ ކަމާ ގުޅޭ ފަރާތްކުގެ ހިޔާލު ހުރި ނެތްގޮތާ ގުޅޭ ކަރުދާސް ބަންޑާރަ ނާއިބު އާއްމު ކުރައްވާފައިވަނިކޮށް، ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ވެރިކަމުން ވެސް އަދި މަޖިލީހުގެ ބާރު އޮންނަ ފަރާތްތަކުން ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ބޭނުންވާ ކަމަށެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ހިމަނާފައި އެ ވަނީ ގާނޫނު އަސާސީ އެކުލަވާލުމުގައި އޭރު އުޅުއްވި ސިޔާސީ އިސް ބޭފުޅުން ބޭނުންފުޅު ވެގެން. ވެރިކަން ބަދަލުވި ނަމަވެސް ވެރިކަމުގެ އަދި މަޖިލިހުގެ ބާރު އޮންނަ ފަރާތްތަކުން ބޭނުންފުޅު ވަނީ ސިޔާސީ ނުފޫޒު ފަނޑިޔާރުންނަށް އޮންނަގޮތައް އިންތިޒާމުވެފައި އޮތުމަށް- ރިޔާޒް

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަންޑާރަ ނައިބު އަދި ސިވިލް ސާވިސްގެ ރައީސް ހިމަނަން ރައްޔިތުން ބޭނުންނުވާކަން ޖޭއެސްސީ އެކުލެވިގެންވާގޮތް އިސްލާހު ކުރަން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ސުވާލު ކަރުދާހުގެ ނަތީޖާއިން ވަނީ ހާމަވެފައެވެ. 

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާ އާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، އިއްޔެ ވަނީ އެޓަނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފަ އެވެ. 

މި ކަރުދާހުގެ ދެ ވަނަ ބައިގައި ހިމަނާފައިވާ އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަަށް ހުޅުވާލި ސުވާލު ކަރުދާހުގެ ނަތީޖާ ދައްކާގޮތުން، ގިނަ ރައްޔިތުން އެދެނީ ޖޭއެސްސީ ސިޔާސީ މީހުންގެ ނުފޫޒުން ސަލާމަތް ކުރުމަށް ސިޔާސީ މީހުން ނުހިމެނުމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް