މިރޭ ކުޅުނު މެޗުގައި ސައުތު ކޮރެއާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. ޕޯޗުގަލް ބަލިވިނަމަވެސް ގްރޫޕުގެ އެއްވަނަ ލިބުނީ ޕޯޗުގަލްއަށެވެ. ސައުތު ކޮރެއާއަށް ލިބުނީ ދެވަނައެވެ.
ޕޯޗުގަލް އަތުން ސައުތު ކޮރެއާ މޮޅުވުމާއެކު މި ގްރޫޕުން ކެޓީ އުރުގުއޭއާ ގާނާއެވެ. އުރުގުއޭއާ ގާނާ ކުޅުނު މެޗުން މޮޅުވީ އުރުގުއޭއެވެ. އެހެންނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބުނީ ސައުތު ކޮރެއާއަށެވެ. އުރުގުއޭ ގާނާ އަތުން މޮޅުވީ 2-0ން ނެވެ.