ads
ރަނިލް އާއި ނައިބު ރައީސް ފައިސަލް
ރާއްޖެއިން ލަންކާގައި އިންވެސްޓު ކުރުމަށް އެގައުމުން އެދިއްޖެ
ރާއްޖެއިން، ލަންކާގައި އިންވެސްޓުކުރުމަށް އެގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.

ލަންކާގެ ސަރުކާރުން މިގޮތަށް އެދުނީ، ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއިއެކު ބޭއްވި ބައްދަލުވުމެއްގައެވެ. 

އެބައްދަލުވުމުގައި ރަނިލް އެދިވަޑައިގަތީ:

  • ލަންކާގެ ދަނޑުވެރިކަމުގެ ދާއިރާއަށް ރާއްޖެއިން އިންވެސްޓު ކޮށްދިނުމަށް، 
  • ކްރޫޒް ޓޫރިޒަމް، އަދި ހައި އެންޑް ޓޫރިޒަމް ދާއިރާއަށް އިންވެސްޓް ކޮށްދިނުމަށް

ރަނިލްގެ މީޑިއާ ޑިވިޝަން(ޕީއެމްޑީ) އާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަނިލް އެކަމަށް އެދިވަޑައިގަތީ ރާއްޖެއާއި ލަންކާ އާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމަށް ބަލައިގެން ނެވެ. 

ރައީސް ރަނިލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޔުނިވާސިޓީ ގާއިމްކުރުމުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަންވެސް ހާމަކުރައްވާފަ އެވެ. އަދި މި ސަރަހައްދަށް އަސަރުކުރާ މަސްތުވާތަކެތީގެ ނުރައްކާ ބޮޑުވަމުންދާ ގޮތާ ބެހޭ ގޮތުން ވެސް މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އިރު، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރަނިލް އެދިވަޑައިގަތެވެ. 

ޕީއެމްޑީން ބުނިގޮތުން ވަރަށް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްވެސް ރައީސް ރަނިލް ގަސްތުކުރައްވަ އެވެ. ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ރޯކޮށްލި ރަނިލްގެ ގެކޮޅު މަރާމާތުކުރެވުމުން ރައީސް ސޯލިހަށް ދައުވަތު އަރުވާނެކަން ރަނިލް ފާހަގަކުރައްވާފައި ވެެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް