ސްޓާ ޕުލަހުން މިހާރު ދައްކާ ޓީޒާއިން ފެނިގެންދަނީ އަނޫރާގް އާއި ޕްރެނާ ލޯބިން ގުޅިގެން އުޅޭ މަންޒަރެވެ. އަދި އެދެމީހުންގެ ދަރިވެސް ފެނިގެންދެއެވެ. ނަމަވެސް ޓީޒާ ނިމިގެންދަނީ އުސް އިމާރާތަކުން އަނޫރާގު ޕްރެނާ ވައްޓާލާ މަންޒަރެވެ.
ކަސޯޓީގެ ދެވަނަ ބައި ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ގިނަ ބައެއް މަގުބޫލުކަން ހޯދާފައިވާ އެ ސީރީޒްއަކީ ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސީރީޒެކެވެ.
އަނޫރާގްގެ ރޯލުން ޕާތު ސަމްތާނު ފެނިގެންދާއިރު ޕްރެނާގެ ރޯލުން ފެނިގެންދަނީ އެރިކާއެވެ.