ads
ލަންކާގެ ފަތުވެރިކަމުގެ ސަރަހައްދެއް--
ލަންކާގެ ފަތުރުވެރިކަން ރަނގަޅުކުރުމަށް ކަރަންޓުގެ މައްސަލަ ހައްލު ކުރަނީ
ފަތުރުވެރިކަން ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއްގެގޮތުން ރިސޯޓުތަކަށް ދެމުންގެންދާ ކަރަންޓު ހިދުމަތުގެ ޔަގީންކަން ކަށަވަރު ކުރުމަށް ކަރަންޓް އުފައްދާ ގްރިޑްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އާ އިންތިޒާމުތަކެއް ހަމަަޖައްސަމުންދާ ކަމަށް ސްރީލަންކާ އިން ބުނެފި އެވެ.
Advertisement

ހަކަތަ އާ ބެހޭ ވުޒާރާއިން އިއުލާނު ކުރި ގޮތުގައި ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުން ކޮންމެ ރެއަކު ވެސް ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަރަންޓު ކަނޑަމުންދާނެކަމަށާއި ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދުތަކުގެ ތެރޭގައި ދެކުނު އައްސޭރިފަށުގެ ގޮނޑުދޮށްތަކާއި އެލާ ގެ ވަށައިގެންވާ ފަރުބަދަމަތީ ސަރަޙައްދު ހިމެނެ އެވެ. އެ ސަރަހައްދު މަޝްހޫރުވެފައިވަނީ އެތުގެ ޖަމާއަތްތަކުގެ ގުދުރަތީ ރިޒާވް ގެ ގޮތުގައެވެ.

އިންޖީނުގެތަކަށް އިމްޕޯޓް ކުރާ ތެލަށް ފައިސާ ދެއްކުމަށް ދަތިތަކެއް ކުރިމަތިވެ، ހަކަތަ އަށް އޮތް ޑިމާންޑް ފުއްދައިދިނުމަށް ރަނިލްގެ ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ހަކަތައާ ބެހޭ ވުޒަރާ އިން މިހާރު ބުނަމުން އަންނަނީ ފަހަކަށް އައިސް ވިއްސާރައިގެ ސަބަބުން ޑޭމް ރިޒާވަރުތައް ފުރި، ހައިޑްރޯއިލެކްޓްރިސިޓީ އަށް ދިއުމުން ގްރިޑަށް ކުރިމަތިވެފައިވާ ޕްރެޝަރު ލުއިވެފައިވާ ކަމަށެވެ.

މިއަހަރު އެ ގައުމަށް ދިމާވި އިގުތިސާދީ ކާރިސާގައި ކާބޯތަކެއްޗާއި ޕެޓްރޯލާއި ބޭސް ލިބުން ދަތިވެ ނިކަމެތިކަން ފެތުރިގެންދިޔަ ހާލަތުގައި، ދުވާލަކު 13 ގަޑިއިރަށް ކަރަންޓު ކަނޑަމުން ދިޔައެވެ. މީގެ ކުރިން އެ ގައުމުން ތަޖުރިބާ ކޮށްފައިނުވާ މާލީ ލޮޅުންތަކަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން ފެށި މުޒާހަރާތައް މަސްތަކަކަށް ދިގު ދެމިގެން ގޮސް ނިމިދިޔަ ޖުލައި މަހު އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާގެ ގެކޮޅަށް އާންމުން ވަނުމުން ރައީސް ގޮތަބަޔަ ގައުމުން ފިއްލަވަން މަޖުބޫރުވި އެވެ.

ލަންކާގައި އޭރު އުފެދުނު ހަލަބޮލިކަން މައިތިރިވެ ގޮތަބަޔަ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން  ވެރިކަމާ ހަވާލުވި ރަނިލް ވިކްރަމްސިންހަގެ ސަރުކާރުން ދިޔައީ  ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށެވެ.

"މިއީ ރަނގަޅު ފިނި މޫސުމެއް. ހާލަތު ރަނގަޅުވެއްޖެ. ޗުއްޓީ ހޭދަކުރާ މީހުންނަށް ލަންކާ ރައްކާތެރި ވާނެ،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ހަރިން ފެނާންޑޯ ވިދާޅުވިއެވެ.

ދަށަށް ގޮސް އިގުތިސާދާއި ސިޔާސީ ހަމަނުޖެހުންތަކާ އެކު ވެސް ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ކުރިއަރަން ފަށާފައެވެ. މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 570،000 ފަތުރުވެރިން ލަންކާ އަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200،000 މީހުން ގެ އިތުރުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް