ads
ކުރީގެ ރައީސް ނަޝީދާއި އަމާލް---
ރޮހިންޖާ މުސްލިމުންގެ މައްސަލައިގެ ރާއްޖޭގެ ވަކީލަކަށް އަމާލް!
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، އެމީހުން ހިމާޔަތްކުރުމަށް އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނިންމާފައިވާއިރު ރާއްޖެ ތަމްސީލު ކުރާ ވަކީލަކަށް އަމާލް ކްލޫނީ ހަމަޖައްސައިފި އެވެ.

އަމާލް އަކީ މީގެ ކުރިން ވެސް އިންސާނީ ހައްގުތަކާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ތަމްސީލުކޮށްފައިވާ ވަކީލެކެވެ.

އޭގެ އިތުރުން އަމާލް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި ފަރާތެކެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ތެދުވާނެކަން އިއުލާނުކޮށްފައިވަނީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގްވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ. 

ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ގަތުލުއާއްމުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެގައުމަށް އަމުރުކޮށްފައެވެ. 

ނަވާރަސަތޭކަ ސާޅީސް އަށް ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ވަނީ ނިންމާފައެވެ. 

އެ އެންގުމަކީ މިމައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ. ބައިނަލްއަގްވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް