ads
ކަރީނާ އަދި މަލައިކާ
މަލައިކާ އަރޯރާ ގަޓު ވާން ކަރީނާ ކަޕޫރު އެދިއްޖެ
މަލައިކާ އަރޯރާ އަކީ މުނިފޫހި ފިލުވުމުގެ ސިނާއަތުގައި މަޝްހޫރު މޫނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޗައިޔާ ޗައިޔާ، އަނަރުކަލީ ޑިސްކޯ ޗާލީ ފަދަ ޑާންސް ތަކުންނެވެ.

އިންޑިއާގެ "ގޮޓް ޓެލެންޓް" ފަދަ ބައެއް ޝޯތަކުގެ ޖަޖެއްގެ މަގާމު ވެސް އޭނާ ވަނީ އަދާކޮށްފަ އެވެ. މިހާރު އޭނާ އަންނަނީ “މޫވިންގް އިން ވިތު މަލައިކާގެ" ނަމުގައި ޝޯއެއް ގެނެސްދެމުންނެވެ. އެއީ ޑިޒްނީ+ހޮޓްސްޓާ އިން ދައްކާ ޝޯއެކެވެ. އެ ޝޯއަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. 

މަލައިކާ ޝޯއަށް ތައްޔާރުވަމުން އަންނައިރު އޭނާގެ ބެސްޓީ ކަރީނާ ކަޕޫރު ޚާން އޭނާއަށް ހާއްސަ ނަސޭހަތެއް ވަނީ ދީފައެވެ. އަމިއްލަ ޓޯކް ޝޯއެއް ހޯސްޓްކޮށްފައިވާ އެކްޓަރު ބުނީ މަލައިކާ ތަންކޮޅެއް ބޮޑަށް ހަމެޖެހިލަން އަދި ގަޓުވާން އެބަޖެހޭކަމަށެވެ.

your imageކަރީނާ އަދި މަލައިކާ

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަރީނާ ކަޕޫރު ބުނީ މަލައިކާ އަރޯރާ އަކީ ވަރަށް ބޮޑަށް ކަންކަމާ އަބަދުވެސް ސަމާލުވެ ހުންނަ މީހެއް ކަމުން އެ ސަމާލުކަން ދޫކޮށްލާފައި އުފާވެރިކަން ގެންނަން އެބަޖެހޭ ކަމަށެވެ. ކަރީނާ ބުނީ ކުޑަކޮށް ހުޅުވާލާފައި އޭނާއަކީ ކާކުކަން އެންމެންނަށް އެނގޭނެ ކަމަށެވެ. 

ކަރީނާ އިތުރަށް ބުނީ "ރައްޓެއްސެއްގެ ގޮތުގައި އަހަރެންނަށް ހީވަނީ މަލައިކާއަކީ ރޮކް ސޮލިޑް، ސުޕަ ހޮޓް، އަދި އޮރިޖިނަލް ސުޕަމޮޑެލް" ކަމަށެވެ. "ވަރަށް ގަޓުވާން އެބަޖެހޭ. ގަޓް ނެތިއްޔާ ކާމިޔާބެއް ނުވާނެ."

މަލައިކާގެ ޝޯގެ އެންމެ ފަހުގެ ޕްރޮމޯގައި ކަރީނާ ކަޕޫރު އާއި ފަރާ މަލައިކާ އަރޯރާއާއެކު ފެނިގެންދެއެވެ.

ދާދި ފަހުން މަލައިކާ އާއި އަރްޖުން ކަޕޫރާއެކު ދަރިއަކު ލިބެން އުޅޭކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ދެ އެކްޓަރުން ސޯޝަލް މީޑިއާގައި އެ ހަބަރު ދޮގުކުރިއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް