
ކޭއާރުކޭ ބުނާގޮތުން ކަރަން ޖޯހަރު މަރުވާން މަސައްކަތްކޮށްފައިވަނީ "މަހާބަސްޓްރާ" އިން ލިބުނު ގެއްލުމުގެ ސަބަބުންނެވެ.
މި ފިލްމަކީ އާލިއާ ބަޓް އަދި ރަންބީރު ލީޑްރޯލް ކުޅުނު ފިލްމެކެވެ.
ކޭއާރުކޭ ބުނާގޮތުން ކަރަން ޖޯހަރު މަރުވާން މަސައްކަތް ކުރި އިރު، އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީ އެ ފިލްމު ހެދުމަށް ކަރަން ޖޯހަރަށް 300 ކަރޯޑު ރުޕީޒް (562.8 މިލިއަން ރުފިޔާ) ވަނީ ދީފައެވެ.
ކޭއާރުކޭ
ކޭއާރުކޭގެ މި ވާހަކަތަކުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ކޭއާރުކޭ އަކީ ޓްވީޓް ކުރުން ނޫން ވަޒީފާއެއް ނޯންނަ މީހެއްކަަމަށް ބައެއް މީހުން ބުނެއެވެ.
މިފަދަ ތުހުތަމެއް ކޭއާރުކޭ ކުރި ނަމަވެސް، "މާހާބަސްޓްރާ" ގެ ފުރަތަމަ ބަޔަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމަށް 400 ކަރޯޑު ރުޕީޒް (750.5 މިލިއަން ރުފިޔާ) ފައިދާގެ ގޮތުގައި ލިބުނެވެ.
މަހާބަސްޓްރާގެ ޓްރެއިލާ: