ads
ސެމަރޫގެ އަލިފާން ފަރުބަދަ ގޮވައިގެން މިދިޔަ އަހަރުވެސް އެތައް ބަޔަކު މަރުވި
އިންޑޮނޭޝިއާގައި ގޮވި އަލިފާން ފަރުބަދަ އާއިއެކު ޖަޕާނަށް ސުނާމީއެއްގެ އިންޒާރު
އިންޑޮނޭޝިއާގައި ގޮވި އަލިފާން ފަރުބަދަ އާއިއެކު ޖަޕާނަށް ސުނާމީއެއްގެ އިންޒާރުދީފި އެވެ.

އިންޑޮނޭޝިއާގެ ވެރިކަންކުރާ ރަށް ޖާވާ ގައި ހުންނަ  ސެމެރޫ އަލިފާން ފަރުބަދަ ގޮވީ މިއަދުގެ ވަގުތެއްގަ އެވެ.

މި ގޮވުމާއި ގުޅިގެން، ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ސުނާމީގެ އިންޒާރު ދީފައި ވަނީ އެގައުމުގެ އޮކިނާވާގެ ދެކުނު ޕްރިފެކްޗާގެ މިޔާކޯ އާއި ޔައެޔާމާ ޖަޒީރާތަކަށެވެ. މި ސުނާމީ އަންނާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާ ވަގުތަކީ މިއަދު  2:30 ހާއިރު އެވެ.

your imageސެމަރޫގެ އަލިފާން ފަރުބަދަ ގޮވައިގެން މިދިޔަ އަހަރުވެސް އެތައް ބަޔަކު މަރުވި

ސެމެރޫ އަލިފާން ފަރުބަދަ ގޮވާފައިމިވަނީ، މިދިޔަ ނޮވެމްބަރު ފަހުކޮޅުން ފެށިގެން ކޮންމެ ދުވަހަކު އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކަށް ބިން ހެލުންތައް އައުމަށްފަހު އެވެ. 

އެ ފަރުބަދަ ގޮވީ އިއްޔެ ޖާވާ އަށް އައި 6.4 މެގިނިޓިއުޑުގެ ބިން ހެލުމެއްގެ ފަހުން ނެވެ. އެ ބިން ހެލުމުގައި ވެސް މިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ފަރުބަދަ ގޮވުމުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް މިހާރުވެސް ވަނީ ބަދަލުކޮށްފަ އެވެ.

ސެމެރޫ ފަރުބަދަ މިދިޔަ އަހަރުވެސް ގޮވާފައިވެއެވެ. އަދި އެފަރުބަދަ ގޮވުމުގެ ސަބަބުން އެތައް ބައެއް މަރުވެފައިވެއެވެ. 

8%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް