ads
ފުލުހުން ހޯދަމުން އަންނަ އަންހެން މީހާ
އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ޓްރާންސާކުރި އަންހެނަކު ހޯދަނީ
ވެރިފަރާތައް ނޭނގި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރި އަންހެނަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހޯދަމުން އަންނަ އަންހެން މީހާ އަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި -/180,000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. 

އެމީހާ ގެ ވީޑިއޯއެއް ފުލުހުން އާއްމު ކޮށްފައި ވާއިރު، އެމީހާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފަ އެވެ. 

މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ. 

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. 

25%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް